ޚަބަރުދުނިޔެ

ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޝާޙް މަޙްމޫދު ޤުރައިޝީ ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޝާޙް މަޙްމޫދު ޤުރައިޝީ ހައްޔަރުކޮށްފިއެވެ.

ޝާޙް މަޙްމޫދު ހައްޔަރު ކޮށްފައިވަނީ އިސްލާމް އާބާދުގެ ރަތް ޒޯނުގެ ގޮތުގައި ކަނޑަ އަޅައި ފައި އޮންނަ ހިސާބުން ކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ޕާކިސްތާނުގެ އިދިކޮޅު ޕާޓީ ތަހްރީކޭ އެ އިންސާފްގެ އިސް ލީޑަރު ޝާޙް މަޙްމޫދު ހައްޔަރު ކުރި ސަބަބެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެެއް ނުވެއެވެ.

ޝާޙްގެ އިތުރުން އިއްޔެގެ ވަގުތެއްގައި އިސްލާމްއާބާދުގެ ހައިކޯޓުގެ ބޭރުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރު ކުރުމާއި ގުޅިގެން އިމްރާން ޚާންގެ ސަޕޯޓަރުން ދަނީ  ޕާކިސްތާނުގެ ސިޓީތަކުގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަށާއި، އެގޮތުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފެންބަޑި އާއި ކަރުނަ ގޭސް ޖަހާފައިވާކަމަށް ޕާކިސްތާންގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ލާހޯރުގައި ހުންނަ އަސްކަރިއްޔާގެ ކޮމާންޑަރުން ދިރިއުޅުއްވާ ގެއާއި ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ ހެޑްކުއާޓާސްގެ ކޮމްޕައުންޑްތަކަށް ވަދެފައި ކަމަށް ޕާކިސްތާނުގެ ބައެއް މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އޭއެންއައި އިން ވަނީ ބުނެފައެވެ. މީގެ އިތުރުން މުޒާހަރާ ކުރާ މީހުން ދަނީ އެ ޤައުމުގެ ސަރުކާރުގެ ބައެއް ތަންތަނަށް ގެއްލުންދީ އަލިފާން ޖެހުން ފަދަ ކަންކަން ކުރަމުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކާއި ގުޅިގެން ބްރިޓިޝް ކައުންސިލުން ވަނީ ޕާކިސްތާނުގެ ކެމްބްރިޖް އިމްތިހާނު ތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. މުޒާހަރާތަކުގެ ތެރެއިން ޕާކިސްތާނުގެ ޕަންޖާބުން މިހާރު ހާހަކަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެހެނިހެން ހިސާބުތަކުންވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު، ހަމަނުޖެހުން ތަކުގެ ތެރެއިން ބަޔަކު މަރުވެސް ވެފައިވެއެވެ.

ޢިމްރާން ޚާން އިއްޔެ ހައްޔަރު ކުރުމަށްފަހު ފުރަތަމަ ހުންނެވީ ސެކިޔުރިޓީ ފޯހުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް މިހާރު ޢިމްރާން ވަނީ ނެޝަނަލް އެކަންޓިބިލިޓި ބިޔުރޯ އާއި 8 ދުވަހުގެ މުއްދަތަށް ހަވާލު ކުރެވިފައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކާއި ގުޅިގެން ބްރިޓިޝް ކައުންސިލުން ވަނީ ޕާކިސްތާނުގެ  ކެމްބްރިޖް އިމްތިހާނު ތައްވެސް ކެންސަލް ކޮށްފައެވެ. އަދި ޕާކިސްތާނުގެ ސިންދުގައި 4 މީހުންނަށްވުރެ ގިނަ މީހުން އެއްތާކަށް އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އިމްރާން ހައްޔަރު ކުރުމާއި ގުޅިގެން ޕާކިސްތާނުގައި ހިގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތްވެސް ވަނީ މެދުކަނޑާލައިފައެވެ.

ޢިމްރާން ޚާން އިއްޔެ ހައްޔަރުކުރީ ކޮރަޕްޝަން އާއި ގުޅުން ހުރި މައްސަލައަކާއި ގުޅިގެން ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޢިމްރާން ޚާން ވަނީ އޭނަގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button