ޚަބަރުސިޔާސީ

ސިޔާދަތު ގެއްލިފައިވާ ދަނޑިވަޅެއްގައިވެސް އަލްހާން ވިދާޅުވަނީ ރައީސް ގައުމު ވިއްކާނުލައްވާނެ ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރު ބަޔަކަށް ރާއްޖެ ވިއްކާލަން އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއާއި އިންޑިއާ އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެެވެ.

މިތުހުމަތުތަކަށް ރައްދުދެއްވަމުން އަލްހާން ފަހުމީ ވިދާޅުވީ ރައީސް ސޯލިހު އިންޑިއާއަށް ރާއްޖެ ވިއްކާލުމަށް އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޭނާއަށް އެބައޮތްކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން، އެއްވެސް އަސާސެެއް ނެތް ދޮގު ވާހަކަ ފަތުރާ، އިންޑިއާ އާ ދިމާކޮށްލައިގެން އުޅުމަކީ ލަދުވެތިކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން މިފަދައިން ވިދާޅުވީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ހާމައެއް ނުކުރައްވައެވެ. ރާއްޖޭގެ އާބާދީގެ ބޮޑު އިން ސައްތައެއް ގަބޫލުކުރާގޮތުގައި ރައީސް ސޯލިހުގެ އަމަލުތައް ހުންނަގޮތުގެ ސަބަބުން އިންޑިއާގެ ސަރުކާރުން ރާއްޖޭގައި އަންނަނީ ހަންފަތުރަމުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީން ރާއްޖޭގެ މީޑިއާތަކުން ގެނެސްދޭ ހަބަރުތަށް ބަލައިދިނުމަށް އެދި ސަރުކާރުގައި އެދުމުން އިންޑިއާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button