ޚަބަރުމުނިފޫހިފިލުވުން

ޑޫ ހޯމްގެ ޓައިޓަލް ސްޕޮންސަރގެ ދަށުން ކަވާސާގެ 28 ވަނަ ގިގު މިރޭ ކުޅޭނީ އައްމަޑޭ އެންޑް ފްރެންޑެސް

ދިވެހި މިއުޒިޝަނުންގެ މެދުގައި މަގުބޫލު ކްލަބްހައުސް ކްލަބެއް ކަމަށްވާ ކަވާސާގެ 28 ވަނަ ގިގުގައި މިރޭ މަޝްހޫރު މިއުޒިޝަން އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖު އަހުމަދު އިބްރާހީމް (އައްމަޑޭ) ޕާފޯމް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 22:30 ގައެވެ. 22:30 އިން 23:00 އާ ހަމައަށް ދާނީ ޕްރީ ޝޯވްއެކެވެ. އެއަށްފަހު ލައިވް ޝޯވް ފެށޭނީ 23:00 ގައެވެ.

މިރޭގެ ޝޯވްގައި އައްމަޑޭ ޕާފޯމް ކުރާނީ ބޭންޑަކާ އެއްކޮށްނެވެ. އެއީ ލީޑް ގިޓަރިސްޓު އިބްރާހީމް ޝިފާއު (ޗިއްޕެ) އާއި، ޕާކަޝަނިސްޓް އަހުމަދު ޝަމާމް ޝަރީފް (ޝަމްބެ) އާއި ބޭސް ގިޓަރިސްޓު މުހައްމަދު އިޔާޝް (ޓޯބީ) އެވެ. އަދި ސެޝަން ގިޓަރިސްޓުންގެ ގޮތުގައި އައްމަޑޭގެ ކޮށްކޮ ހުސެއިން ސަމާހު (ބަޖިއްކޮ) ގެ އިތުރުން ހަމްބެ ވެސް މިރޭގެ ޝޯވްގައި ޕާފޯމް ކުރާނެ އެވެ.

މިރޭގެ ޝޯވްގެ ޓައިޓަލް ސްޕްންސަރ އަކީ ގޭތެރެ ޒީނަތްތެރި ކުރުމާއި، ފަރުނީޗަރުގެ ބައެއް ސާމާނާއި، ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބެން ހުންނަ ޑޫ ހޯމް އިންނެވެ. ޑޫ ހޯމް ހުންނާނީ ލޮނު ޒިޔާރަތްމަގު ޝަހީދު އަލީ މިސްކިތް ކައިރީގައެވެ. އަދި ކޯ ސްޕޮންސަރުންނަކީ އަންހެނުންނާއި ކުޑަކުދިންގެ ބްރޭންޑެޑް ބޫޓާއި، ފައިވާނާއި، އަތް ދަބަހުގެ އިތުރުން ޔޫރަޕްގެ އޮރިޖިނަލް އަންހެން ފިރިހެން ސެންޓުގެ ވިޔަފާރި ކުރާ މަޝްހޫރު ފިނެސް ފިހާރަ އާއި، ޑެލިވަރީގެ ހިދުމަތްވެސް ލިބޭ ކުޅުދުއްފުށީ މަންނާމް ކެފޭ އެންޑް ރެސްޓޯރެންޓެވެ.

މިރޭގެ ޝޯވްގެ ލިންކު 22:30 ގައި ހުޅުވޭނެ

މިރޭގެ ޝޯވް އާއި ގުޅޭގޮތުން ކަވާސާއިން ބުނީ މިއީ މިހާތަނަށް ބޭއްވޭ އެންމެ ވަރުގަދަ އެއް ޝޯވް އަށް ވެގެންދާނެ ކަމުގައެވެ.

”އައްމަޑޭ މި އަންނަނީ ބޮޑު ބޭންޑަކާ އެއްކޮށް. އަނެއްހެން ބުނާނަމަ އެއީ ހުސް މިއުޒިޝަނުން. މޮޅެތި އާޓިސްޓުންތަކެއްގެ ހުނަރު އެއް ތަނަކުން މިރޭ އަޑު އަހާލަން ބޭނުމިއްޔާ އެންމެވެސް މިރޭ ވަންނަންވީ ކްލަބް ހައުސް އަށް.“ ކަވާސާއިން ބުންޏެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން ކަވާސާއިން ކުރި މަސައްކަތުން މިހާތަނަށް 40 ވަރަކަށް އާޓިސްޓުންނަށް އެ ކްލަބުން ވަނީ އެކަށީގެންވާ އާމްދަނީއެއް ހޯދައިދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button