ޚަބަރު

މާލެސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުން މެއި 20 ގައި

ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލޭ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މަދަޙަ އަދި ޤުރުއާން މުބާރާތް 1444 ގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ މެއި 20 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މާލެސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ https://www.gazette.gov.mv/iulaan/239600 ނަތީޖާ ފާޅުކުރުން އޮންނާނީ 20 މެއި 2023 ވާ (ހޮނިހިރު) ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

މާލެސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ރެކޯޑިންތައް ރަމަޟާންމަހުގެ ކުރިން ނިންމާ ރަމަޟާން މަހު ވަނީ މި ދެ މުބާރާތް މާލެ ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލް އާއި ދިވެހި ޗެނަލް އަދި ސަންގުޓީވީ މެދުވެރިކޮށް ދުރަށް ދައްކަންފަށާފައެވެ. މި ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ.

ބޮޑެތި އިނާމް ތަކަކާއިއެކު ކައުންސިލުން ފުރަތަމަ ބޭއްވި މުބާރާތާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.

ނިމިދިޔަ އަހަރުގެ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ 13 އަހަރުން ދަށުގެ ދަރިވަރު މަން އިސްމާއިލް މުޚްތަބާ އެވެ. އަދި ނިމިދިިޔަ އަހަރުގެ މަދަޙަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އަށް ހޮވިފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު އައިޝަތް ޢާލާ ޙަސަންއެވެ.

1443 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ އިނާމް ދިނުމުގެ ޙަފްލާވެސް ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައިކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button