
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި އިމްރާން ޚާން، ހައްޔަރުކޮށްފައިވަނީ އިސްލާމް އާބާދުގެ ހައި ކޯޓުގެ ބޭރުންކަމަށް އެ ޕާޓީގެ އޮފިޝަލުންވަނީ ބުނެފައެވެ. އިމްރާން ކޯޓަށް ހާޒިރުވެފައިވަނީ ދަޢުލަތަށް ލިބުނު ހަދިޔާ ވިއްކައިގެން ފައިދާ ހޯދި ކަމަށް ތުހުމަތު ކޮށް ހިންގަމުން ގެންދާ މައްސަލައާއި ގުޅޭ ޝަރީޢަތަކަށެވެ. ނަމަވެސް ތުހުމަތުތަކަށް އިމްރާން ވަނީ އިންކާރު ކުރައްވާފައެވެ.
އެޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ފަވާދް ޗައުދްރީ ބުނެފައިވަނީ 72 އަހަރުގެ އިމްރާން ހައްޔަރު ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފިޝަލުން ކަމަށެވެ. ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އިމްރާން ޚާން ހައްޔަރު ކޮށްފައި ވަނީ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
Making lots of dua for Pakistan 🇵🇰 right now. In the midst of the political antics, it’s the people that always suffer most. May Allah protect you all and safeguard you from chaos and corruption. Ameen pic.twitter.com/Kz2dj9NcR3
— Dr. Omar Suleiman (@omarsuleiman504) May 9, 2023
އިމްރާން ޚާނުގެ އެހީތެރިއެއްކަމަށްވާ ފަވާދު ޗައުދަރީ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ އިމްރާން ޚާން ހައްޔަރު ކޮށްގެން ވެހިކަލާއި ހަމައަށް ގެންގޮސްފައިވަނީ ގަދަކަމުން ދަމައިފައި ކަމަށެވެ. އަދި މިހާރު އިމްރާން ހުންނެވީ ސެކިޔުރިޓީ ފޯސްގެ ބެލުމުގެ ދަށުގައި ކަމަށެވެ. ޢިމްރާން ޚާން ހައްޔަރުކުރުން ފަވާދް ސިފަކޮށްފައިވަނީ ރަހީނުކުރުން ކަމުގައެވެ.
ޢިމްރާން ހައްޔަރު ކުރުމާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.