ޚަބަރު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ އުމުރުފުރާގެ މީހުންގެ ނަންތައް އާންމުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ އުމުރުފުރާގެ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.
2023 ވަނަ އަހަރުގެ ސެޕްޓެންބަރު 9 ވަނަ ދުވަހާހަމައަށް 18 އަހަރު ފުރިފައިވާ 282755 މީހުންގެ ލިސްޓެއް އެ ވެބްސައިޓުގައި އާންމުކޮށްފައިވާކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަކުރައްވާފައެވެ. އަދި އެ ލިސްޓުތައް ކައުންސިލް އިދާރާތަކުންވެސް ބެލޭނެކަމަށް ހަބީބު ވިދާޅުވެފައިވާއިރު ވޯޓުލާމީހުންގެ ލިސްޓު ސައްހަކުރުމަށްޓަކައި ފަރުދުންނާއި ޕާޓިތަކުން މަސައްކަތް ކޮށްދިނުމަށްވެސް ހަބީބު ވަނީ އެދިލައްވާފައެވެ.