ޚަބަރު
ޗާގޯސް މައްސަލާގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުމާއިގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާއިފިއެވެ.
ބައްދަލުވުމާއިގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމަކީ މުސްލިމް ނޫން ދަޢުލަތަކަށް ދިވެހި ސަރުކާރުން ދޫކޮށްލުމާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރޭގެ ވަގުތެއްގައި ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ޗާގޯސް މައްސަލައަކީ ހަމައެކަނި ސިޔާސީ ނުވަތަ ޤައުމީ މައްސަލައެއްގެ އިތުަރަށް ދީނީ
އެތައް ޙުކުމްތަކެއް ގުޅިފައިވާ ނުރައްކާތެރި އަދި ބޮޑު މައްސަލައެއް ކަމާއިމެދު ވަރަށް ފުޅާކޮށް ބަހުސްކުރެވިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުންބައެއް ގެއްލިގެންދިއުމާއި ގުޅިގެން ޢިލްމުވެރިންނާއި ރާއްޖޭގެ ގިނަ ސިޔާސީ ފިކުރުތައް އެއްކޮށް މިފަދަ މަޝްވަރާ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.
މީގެއިތުރުން ގިނަ ޢިލްމުވެރިން ގޮވާލައްވަމުންދަނީ މިހާރު މިހިނގާ ސަރުކާރުން ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ޚިޔާނާތްތެރިވެ ޣައްދާރުވެފައިވާތީ މިވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ ދިފާޢީބާރުން ނުކުމެ ޖިހާދުކޮށްގެންވެސް މިވެރިން ޢަޒަލުކުރަން ވާޖިބުވެފައިވާކަމަށްވެސް ޢިލްމުވެރިން ދަނީ ގޮވާލައްވަމުންނެވެ.