އީޖީއެމް: ޑިޕްލޮމެޓުން ދާހިލީ ކަންކަމާއި ބެހުން ބަލައެއް ނުގަނެވޭނެ
ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރި ލިއުމަކާއި ގުޅިގެން އިންޑިއާ ހައި ކޮމިޝަނުގެ ޑިޕްލޮމޭޓެއް މަޖިލީހުގެ މިނިވަން މުއައްސަސާގެ މުގައްރިރަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ އާއި ހިލާފު ކަމެއް ކަމުގައި އެޑiޓާސް ގުލިޑް މޯލްޑިވްސް (އީޖީއެމް) އިން ބުނެފިއެވެ.
އީޖީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ހައި ކޮމިޝަނުގެ ޑިޕްލޮމެޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމަށް ގުޅުމަކީ ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކޭ ކަމުގައެވެ. އަދި ރޮޒެއިނާގެ ބަހުން ޑިޕްލޮމެޓް ސީދާ ގުޅުއްވިކަން ސާފުވާކަން ވެސް ބަޔާނުގައި ވެއެވެ.
އިންޑިއާގެ ޑިޕްލޮމެޓް ގުޅުއްވުމާއި ގުޅިގެން ރޮޒެއިނާ އަމިއްލައަށް އެ މައްސަލައާއި ގުޅިގެން މީޑިއާ ޖަވާބުދާރީ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެންގުމަކީވެސް ޑިމޮކްރަސީ އާއި ބީރައްޓެހި އުސޫލެއްކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މީޑިއާ ކައުންސިލުން އެ މައްސަލަ ބެލުމަށް ފުރުސަތު ދިނުމަކާއި ނުލައި މަޖިލީހުގެ ކޮމޮޓީ އަށް ހާޒިރުވާން އެންގުމަކީ ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކޭކަމުގައި އެ ބަޔާނުގައި ވެއެވެ.
އެ މައްސަލަ ފުލުހުން ބަލަމުން ދާތީވެ، އެކާމާއި ކަންބޮޑުވާ ކަމުގައި ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މީޑިއާއެއްގައި ރިޕޯޓް ކުރި މައްސަލައަކާއި ގުޅޭ ގޮތުން ނުތަނަވަސްކަމެއް އޮތް ނަމަ, މީޑިއާ ކައުންސިލަށް އެ މައްސަލަ ބެލުމުގެ ފުރުސަތު ދިނުމަށް ވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން އަމިއްލަ ބާރާއި ނުފޫޒު ބޭނުންކޮށްގެން މައްސަލައަށް ވާސިލު ވުމަށް މަސައްކަތް ކުރުމަކީ ނާތަހުޒީބު ކަމެކެވެ.
ރައްޔިތުން މަޖިލިސްގެ މެމްބަރުންނާއި ގުޅިޔަސް ކިޔަންބޭނުން އެއްޗެއްކިޔާނީ، ލިޔަންބޭނުން އެއްޗެއް ލިޔާނީ ރޮޒޭނާ ހިތާވެގެން އުޅުނަސް ރައްޔިތުންގެ މަޖިލީސް ގެ މެމްބަރުނަށް ފައިސާ ދީގެން ނުފޫޒް ފޯރުވަން އުޅުނަސް ”އިންޑިއަން މިލިޓަރީ އައުޓް“ މިހަރަކާތެއް ނުހުއްޓުވޭނެ ނުވަސް ހުއްޓާނަން. ”ވިއެނާ ކޮންވެންޝަން“ އަމަލަު ކުރަންޖެހެނީ ހަމައެކަނި ދިވެހިންތަ އިންޑިއާ ހައިކޮމިޝަން އަމަލު ކުރާކައް ނުޖެހޭތަ ތިޔަބުނާ ކޮންވެންޝަން ދެން ހުރި މާއްދާތައް އިންޑިއާ ހައިކޮމިޝަނުގައި ތިބި އިންޑިއާ ގެ ބީތާއިންތަ%