ޚަބަރު

ނަޝީދަށް ދުވަހަކުވެސް ވެރިކަމަކަށް ނާދެވޭނެ: އިޔާޒު

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެކަމަށް ދީނީ އިލްމުވެެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ދެކެމުން ގެންދަވާ ހުވަފެން ދޫކޮށްލުމަށާއި އެއީ ދެން ދުވަހަކު ވެސް ވާނެކަމަށް ނޫންކަމަށެވެ.

މިގޮތަށް އިޔާޒް ޓުވީޓު ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ފޭކް ޓުވިޓާ އެކައުޓަކުން ކޮށްފައިވާ ޓުވީޓަކަށް ރައްދުދެއްވަމުންނެވެ. އެ ޓުވީޓުގައި ވާގޮތުން މީސް މީޑިއާގެ ސާވޭއަކުން ސާފުވަނީ ”އިންޑިއާ އައުޓް“ އާއި ”އެފްޖީއެމް“ އަދި ނަފްރަތުގެ ބިލާ ދެކޮޅު ހަދާ މީހުންގެ 92% މީހުންނަކީ އެއްބައެއް ކަމެވެ. އަދި އެފަދަ މީހުންގެ ތާއީދު ހޯދައިގެން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ. ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ އިޔާޒް ނަޝީދުއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައި މިވަނީ ނަޝީދު ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރު ކަމުގެ މަގާމަށް އަންނަން މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button