ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިޔާސީ ޕާޓީ ކަމުގައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން އެމްޑީޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް5 ނުކުތާއެއް ހުށަހަޅައިފިއެވެ.
އެމްއާރުއެމުން ރޭ އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި 5 ނުކުތާއަކީ:
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށްޓަކައި މައުލޫމާތަށް އެދުން.
ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރުއެމްގެ އުސޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރުކުރުން.
ކޯލިޝަން އެއްބަސްވުމަށް އިހުތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުންވެސް އަމަލުކުރާނެކަމުގެ ޔަގީންކަން ދިނުން.
ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމުކުރާނެ ގޮތްތަކަކާއި، ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއްގެ ގޮތުގައި ދަމަހައްޓާނެކަމުގެ ޔަގީން.
ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ އެމްއާރުއެމް އަދި އޮތީ އެއްވެސް ބަޔަކާ ކޯލިޝަން ނަހަދައެވެ. އަދި އެކަމުގައި ހައްލެއް ނުލިބިއްޖެ ނަމަ އެޕާޓީއިން އިންތިހާބުގައި ވާދަ ކުރާނެއެވެ.