ޚަބަރު
މަތިވެރި ދާއިރާގެ މެމްބަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި!

މަތިވެރި ދާއިރާގެ އެމްޑީޕީ އެމްޕީ ޒަރީރަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ.
ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މޭމަހުގެ 1 ވަނަ ދުވަހުގެ ފަތިހު 05:08 ހާއިރުއެވެ. އޭނާއަށް ހަމަލާދިނީ ޙަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މެމްބަރު ޒަރީރަށް ދިން ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ. އެ ހަމަލާގައި ޒަރީރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ޒަރީރަށް ހަމަލާދިން މައްސަލަ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެކަން ތަހުގީގުކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.