ޚަބަރުސިޔާސީ

ގަސް ފިހާރައަކީ ”އެއްލައްކަ ގަސް“ ޕޮރޮގްރާމްގެ ތެރެއަށް އިތުރުވި ބޮޅެއް: މޭޔަރު

މާލެ ސިޓީ ކައުންސިލްގެ ”މާލެ ފެހި“ އައުޓްލެޓް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

”އެއްލައްކަ ގަސް“ ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ގާއިމްކުރި އައުޓްލެޓް ”މާލެ ފެހި“އާންމުނަށް ހުޅުވައިލެއްވީ އެކަމަށް ހާއްސަކޮށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު ހަފްލާގައެވެ.

މި ހަފްލާގައި މީޑިއާތަކަށް ދެއްވި އިންޓަވިއު އެއްގައި މޭޔަރ ވިދާޅުވީ ”މިއީ މާލެ ސިޓީ ކައުންސިލުން މިހާރު މިކުރިއަށްގެންދާ ”އެއްލައްކަ“ ގަސް ޕްރޮގްރާމްގެ ތެރެއަށް އިތުރުވި ބޮޅެއް“ ކަމަށެވެ.

”މާލެ ފެހި“ އައުޓްލެޓް ހުޅުވީ 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނާއެކު އެވެ. އަދި މިއާއިއެކު މާލެ ސިޓީގެ ”އެއްލައްކަ ގަސް“ ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވިދާޅުވިއެވެ. މި ޕޮރޮގްރާމްގެ ދަށުން ރައްޔިތުންނަށް ގަސް އިންދާ ހެއްދުމަށް ބޭނުންވާ ސާމާނާއި ގަސް ފަސޭހައިން ގަނެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލަށްވެސް އާއްމުދަނީ ލިބޭނެ މަގު ފަހިވެގެންދާނެކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މި މަޝްރޫއުއަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލައިފައިވާ ޕްލޭނެކެވެ. އަދި މިއީ ރައްޔިތުންގެ ބައިވެރިވުމާއި، ކަމާ ބެހޭ ފަންނީ ލަފާގެ މަތިން ކުރިއަށްދާ މަޝްރޫއެކެވެ.

މާލެއަކީ މަލަފެހި ތަނަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށާއި، މާލެ ސިޓީގެ ޕާކުތަކާއި މައިޒާންތަކުގައި ގަސް އިންދުމާއި، ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، އަތޮޅު ކައުންސިލް ތަކުން މި މަސައްކަތަށް އެހީތެރިކަން ލިބެމުންދާކަމަށް މޭޔަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button