ޚަބަރު

އިސްލާމީ ޝަރީއަތް ރާއްޖޭގައި އޮތްނަމަ، ފެނަކައިގެ އެމްޑީ ސައީދުގެ ހަތަރެސް ފައި ބުރި ކުރާ ވަރަށް ވައްކަން ކޮށްފި: ޝަހުރަބް

އިސްލާމީ ޝަރީއަތް ރާއްޖޭގައި އޮތްނަމަ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުގެ ހަތަރެސް ފައި ބުރި ކުރާ ވަރަށް ވައްކަން ކޮށްފި ކަމުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޝަހުރަބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ޝަހުރަބް ވަނީ ފެނަކައިގެ އެމްޑީ ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުފައެވެ.
ފެނަކައަކީ ކޮރަޕްޝަން ހިންގުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ އުހުގައި ފިޔާ ޖަހަމުންދާ ކުންފުންޏެކެވެ.
ފެނަކައިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރައި، ކުންފުނި މިހާރު އޮތީ ބަނގުރޫޓުވުމާއި ގާތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button