ސަރުކާރުގެ މުނާފިގު ސިޔާސަތު ކޮންމެ ދުވަހަކު ފެނި ހާމަވަމުން ދާކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ފިޔަވަޅު އަޅަންވީމާ ލަހެއްފަހެއް ނެތި އެކަން ކުރެވޭކަން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ވަކި ކުރުމުން އެނގިގެންދާކަމާށް ޖަމީލް ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރު މުނާފިގުވާ ގޮތް ތަފްސީލްކޮށްދެއްވާފައެވެ.
”ހަރުކަށި ވަނީ ހަމަ އެކަނި އިލްމުވެރިން ކަމަށް ނިންމައިފި.“ ޑރ.ޖަމީލް
ލާދީނީ ރިޕޯޓުތައް ނެރުމުގައި ހައްދުފަހަނައަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އަށް ސަރުކާރުން ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ޖަމްއިއްޔާ ހިންގުމަށް ފުރުސަދު ދީފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ.
ފިޔަވަޅު އަޅަންވީމާ ލަހެއްފަހެއްނެތި ކުރެވޭކަން dr_iyaz@ ވަކިކުރުމުން އެނގޭ. ސަރުކާރުގެ މުނާފިޤް ސިޔާސަތު އެބަފެނޭ. ހަރުކަށިވަނީ ހަމައެކަނި ޢިލްމުވެރިންކަމުގައި ނިންމައިފި. އެކަމަކު ކޮންމެ ދުވަހަކު އެމްޑީއެން މީހުންނަށް އަދި އެ ފިކުރަށް އިތުރު ފުރުޞަތު ދެނީ. pic.twitter.com/jBWgpzuSYP
— Mohamed Jameel Ahmed (@MJameelAhmed) July 3, 2021
މޯލްޑިވްސް ނެޝެނަލް ޔުނިވާރސިޓީ (އެމްއެންޔޫ) ގެ ޗާންސެލާރ ހުސެއިން ހަމީދް އަދި އިސްލާމިކް ޔުނިވާރސިޓީ އަކީ ސަރުކާރުގެ ”ގޮނޑިކޮއްކޮ“ ބައެއްގެ ގޮތުގައި ޖަލީމް ސިފަކުރެއްވިއެވެ. އަދި އެ ދެތަނުގައިވެސް އިލްމީ ގޮތުން އިސްލާމީ މައްސަލަތަކުގައި ބަހުސްކުރަން ޖާގަނުދޭން އެމްޑީޕީން ގަދައަޅާ މަސައްކަތް ކުރުމަށް ފޫގަޅާފައި ތިބިކަމަށް ޖަމީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ އެމްޑީޕީގެ އަނދިރި އަސްލު ސިފައެވެ.