ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ސައިކޮލިޖިސްޓް، ޑރ. އައިޝަތު އަލީ ނާޒް ޖޭޕިއާ ގުޅިވަޑައިގެންފިއެވެ.
ޑރ. ނާޒް ޖޭޕީއާ މިއަދު ގުޅިވަޑައިގެންފައިވާއިރު، ގިނަ އަދަދެއްގެ މެންބަރުން ވަނީ ޖޭޕީން އިސްތިއުފާ ދެއްވާ އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައެވެ.
ޑރ.ނާޒްގެ މި ނިންމެވުމަށް ސޯޝަލްމީޑިއާގައި ސިޔާސީ އެކްޓިވިސްޓުން ދަނީ ފާޑުވިދާޅުވަމުންނެވެ.