ޚަބަރު

އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރަމުންދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން: އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓް

އިންޑިއާގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ކުށްވެރިކޮށް އަނިޔާ ކުރަމުންދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޖެނެރަލް ސެކްރެޓޭރިއަޓް ބަޔާނެއް ނެރުއްވައިފިއެވެ.

މި ބަޔާނުގައި އިންޑިއާގެ އެކި ސްޓޭޓުތަކުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކަށް ކަންބޮޑުވުން ފާޅުކުރައްވައި، 31 މާރިޗު 2023ގައި މުސްލިމު ކޮމިއުނިޓީގެ މަދަރުސާއަކާއި ކުތުބުހާނާއެއް ރޯކޮށްލާފައިވާ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. މި ތަންތަން ރޯކޮށްލާފައި ވަނީ ބިހާރު ޝަރީފްގެ ހަރުކަށި ފިކުރުގެ ހިންދޫ މޮބުން އެބައިމީހުންގެ ދީނީ އަޅުކަމެއް ކަމަށްވާ ’ރާމް ނަވާމީ’ގެ ހަރަކާތްތަކުގެ ތެރެއިން ކަމަށް މި ބަޔާނުގައިވެއެވެ.

މުސްލިމުންނަށް ކުރަމުންދާ މިފަދަ އަމަލުތައް ކުށްވެރިކޮށް، މުސްލިމުންނަށް އެބައިމީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދީ، އަނިޔާވެރިންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މި ބަޔާނުގައި ވަނީ އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button