ޚަބަރުސިޔާސީ

އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ހެދި ގޯސްތައް މި ސަރުކާރުން ވެސް ހަދަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ވެރިކަން ކުރި އިރު ހެދި ގޯސްތައް މި ސަރުކާރުން ވެސް ހަދަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އަދި ކުރީގެ ސަރުކާރުގެ ވެރިކަން ވެއްޓުނު ފަދައިން މި ސަރުކާރުގެ ވެރިކަން ވެސް ވެއްޓިދާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިފަދައިން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް، މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދުގެ ”ފިކުރެއްގެ ދިރުން“ އާ ގުޅުވައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެންނެވެ.

އެގޮތުން ހދ ކުޅުދުއްފުށީގައި ބާއްވަން ނިންމި ”ވިއަވަތި ރާއްޖެ“ މަހާސިންތާ ހދ ހަނިމާދޫއަށް ބަދަލުކުރަން ނިންމި ނިންމުމާ މެދު ޔާސިރުވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އަދި ކުޅުދުއްފުށީ ރައްޔިތުންނަށް ރައީސް އިބްރާހިމްގެ ސަރުކާރުން އަދަބު ދޭން ފަށާފައިވާކަމަށާއި، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުގައި އުޅުއްވަނީ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅުން ކަމަށްވާއިރު ވޯޓުލާން ތިބޭ މީހުން ވެސް އެހެން ރަށަކަށް ބަދަލުކޮށްލަން ފެންނަ ކަމަށް ވިދާޅުވެ ޔާސިރުވަނީ މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މިވާހަކައާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަދަލު ހިފުމުގެ ރޫހެއް މި ސަރުކާރުން ގެންގުޅޭ ކަމަށެވެ. އަދި އެކަމުން ގެއްލުންވާނީ ހުދު ރައީސް އިބްރާހިމަށް ކަމަށާއި ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަމަށް ރައްދުދީ، ބަދަލު ހިފައިގެން ކުރިއެރުން ލިބޭނެކަމަށް ގަބޫލުކުރެވިފައި އޮތް ނަމަވެސް، އެކަންކަން ކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުތައް ވެއްޓިފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

”އެކަން ކުރަން އުޅޭ އުޅުމުގައި ސަރުކާރުތައް ވަނީ ވެއްޓިފައި. އަޅުގަނޑުގެ ރައީސް ކަމުގައި ވެސް ފަހު ހަ މަސް ދިޔައީ އެ ގޮތަށް،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

One Comment

  1. ދިވެހި ރާއްޖޭގެ ތާރީޙުގަ މިހާތަނައް އުފެދުނު އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ އަދިވެސް، ރައީސް މުހަންމަދު ނަޟީދު (އަންނި). މިދިވެހި ރާއްޖޭގެ ހިންގުމުގެ ނިޒާމު މުޅިންހެން ބަދަލުކޮއް، ރައްޔިތުން ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއްކަމައް ބަދަލުކޮއް، އަލައް ރައްޔިތުމީހާއައް ގަވައިދުން ސަރުކާރައް ވަކިކަންތައްތަކެއް ހިލޭ ކޮއްދޭންޖެހޭގޮތައް ބަދަލުކޮއް ނިކަމެތި އެތައް އާއިލާއަކައް އުފާވެރިކަން ގެނެސްދެއްވީ ނަޟީދުގެ ވެރިކަމުގަކަން ދިވެހިން ޤަބޫލުކުރާތީ، ގިނަ ރައްޔިތުންގެ ހިތުގަ އެމަނިކުފާނައް ދެވިފައިވަނީ ވަރައްވެސް ޙާއްސަ ގަދަރެއްކަން އިނގިގެން ދެއެވެ..
    މި ނޫޙުން ޔާމިނު ޕްރޮމޯޓު ކުރުމުގެ ވާހަކަތައް ހުސްވީތޯ.. ނޫނީ އެފަކީރު ހަދާހެން ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ދާހެން ކަންކުރަން ފެށީތަ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button