ޚަބަރު

ކޮމިޝަނުން އަހަރެމެން އިންސާނީ ހައްގުތަކުން މަހުރޫމްކޮށްފި: އިންޑިއާ ރައްޔިތުން

ހުޅުމާލޭގެ 2ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އިންޑިއާގެ ޖޭއެމްސީ ހަވާލުވެގެން ހިންގާ ހައުސިން މަޝްރޫޢުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުން އިންސާނީ ހައްގުތަކުން މަހުރޫމުކޮށްފިއެވެ.

ބޮންތިއަށް ލިބިފައިވާ ވީޑިއޯއެއްގައި ފަހި ދިރިއުޅުން މަޝްރޫޢުގައި މަސައްކަތް ކުރަމުންދާ އިންޑިއާ ރައްޔިތުން ބައިތިއްބާފައި ތިބި ލޭބަރ ކޯޓާގައި ވަރަށް ގިނަ އަދަދެއްގެ އިންޑިއާ މުވައްޒަފުން ހަރަކާތްތެރި ވަމުންދާ މަންޒަރު ފެނެއެވެ.

އެ މީހުން ބުނާ ގޮތުގައި ދިވެހި ސަރުކާރުން ވެސް އަދި އިންޑިއާ އެމްބަސީން ވެސް ވަނީ އެމީހުންނާ އަޅާނުލާ ދޫކޮށްލާފައެވެ. އެމީހުން ކާން ގެންގުޅޭ މަސް ފަދަ ތަކެތި ވަނީ ކުނިވެފައެވެ. ބޯފެނުގައި ހުރީ ދަބަރު ކުލަޖަހައި ތަޣައްޔަރުވެފައެވެ. އިންސާނުން ކައިބޮއެ އުޅޭ ތަކެތި ހުންނަންޖެހޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ބައެއް މީހުންވަނީ ކާނާ ވިހަވުމުގެ ސަބަބުން ބަލިވެފައެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތި ބޭސް ފަރުވާގެ ނިޒާމެއް ވެސް ފޯރުކޮށް ދެވިފައި ނުވާކަމަށް ބުނަމުން ދިޔައެވެ.

މި މަސައްކަތްތެރީން ވަނީ ފާއިތުވެ ދިޔަ 3 ދުވަހު މުޒާހަރާ ކޮށްފައެވެ. އެ މީހުންގެ އިސް ވެރިޔަކާ ބައްދަލުކުރަން އިންޑިއާ އެމްބަސީ ދޮށަށް ދިއުމުން ދިވެހި ފުލުހުން ވަނީ އެ މީހުން އެތަނުން ދުރުކޮށްފައެވެ. ވެރިއަކާ ބައްދަލުކުުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށް އެ މީހުންނާ ހަވާލުވެ ހުރި ޗެއާމަންު ވަނީ ލޭބަރ ކުއާޓާއަށް ޒިޔާރަތްކޮށް މަސައްކަތު މީހުންނާ ބައްދަލުކޮށްފައެވެ. ފަގުޑިއެއް އަޅައިގެން ހުރި މީހަކު އެ މީހުންނާ ބައްދަލުކޮށް ނިންމާފައި ނުކުތުމުން ނޫސްވެރިން އިންޓަވިއުއަކަށް އެދުމުން އެކަމަށް ވަނީ އިންކާރުކޮށްފައެވެ. އަދި ސުވާލު ކުރުމުން އަތުގެ އިޝާރާތުން އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ’ނޯ ކޮމެންޓް‘ ކަމަށް ބުނެ ޖަވާބުދާރީ ވުމެއްނެތި ހިނގާފައި ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ. ވެރިމީހާ ލޭބާރ ކުއާޓާއިން ނުކުމެގެން ދިޔަ އިރު އޭނާ ފަހަތުން 2 ނޫސްވެރިންް ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ. 2 ނޫސްވެރިން ވެސް ތިބީ ފޯނު ހިފައިގެން ވީޑިއޯ ކުރާށެވެ. ނަމަވެސް ގޭޓާާ އަރާ ހަމަވުމުން ގޭޓު ދޮރު ލައްޕާ ބަންދުކުރާ މަންޒަރު ފެނިގެންދެއެވެ.

މަސައްކަތު މީހުންގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށްބުނެ ވެރިމީހާ އެތަނުން ދިޔަ އިރު، އެ މީހުން ދިއުމުން މަސައްކަތު މީހުން ނޫސްވެރިން ކިބައިން އެދި އާދޭސް ކުރަމުން ދިޔައީ އެ މީހުންގެ ހަބަރުތައް ބައިނަލް އަގުވާމީ ސަމާލުކަމަށް ގެނެސްދީ އިންޑިއާގެ ނޫސްތަކުގައި ވެސް ހަބަރުތައް ޖަހައިދިނުމަށެވެ. އިންސާނީ ހައްގުތައް ނިގުޅައިގަނެ، ރަމަޟާން މަހުވެސް ކައިބޮއެ ހަދާނެ ގޮތެއްނެތި ޒަރޫރީ ބޭނުންތަކުން މަހުރޫމު ކޮށްފައިވާކަމާށް މޮޅިވެރިކާމާއެކު އެމީހުން ބުނަމުންދިޔައެވެ.

މަސައްކަތްކުރަން ގެންނަ ބިދޭސީންނަކީ ކޮންމެ ގައުމެއްގެ، ކޮންމެ ދީނެއްގެ އަދި ކޮންމެ ކުލައެއްގެ ބައެއް ކަމުގައި ވީނަމަވެސް އިންސާނިއްޔަތު ކަމުން މަހުރޫމު ކޮށްގެން ނުވާނެކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button