ޚަބަރު

”ލަނޑަޔާ ވާނީ ލަނޑަޔާ“

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމަށް އިއްޔެ އައްޔަން ކުރައްވާފައިވާ އިބްރާހީމް ވަޙީދު (އިބުރޭ) އަކީ ދެ ފަހަރެއްގެ މަތިން ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވެ އަދަބު ލިބި، ކުށުގެ ރެކޯޑު އޮތް މީހެއްކަން ހާމަވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ އިބުރޭގެ ކުށުގެ ރެކޯޑުތަކުން ދައްކާގޮތުން މިނިސްޓަރު އިބުރޭ ވަނީ 1998 ވަނަ އަހަރު މ.ނީލޯފަރުގޭ އިސްމާއިލް ހަލީމްގެ ކޮމްޕިއުޓަރެއް ވަގަށް ނަގާފައެވެ. އެ ކޮމްޕިއުޓަރު އިބުރޭގެ ކޮޓަރިތެރެއިން ފެނިފައިވާއިރު އެ މައްސަލައިގައި އޭނާ 1 އަހަރު ދުވަހަށް އަރުވާލަން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް 5 މަސް ދުވަސް ފަހުން މާފު ލިބި އެ ހުކުމުން ވަނީ މިނިވަންވެފައެވެ.

އިބުރޭ މިނިވަން ވެފައިވަނީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އިބުރޭގެ މައްޗަށް އަނެއްކާ ވެސް ސާބިތުވި ވައްކަމުގެ މައްސަލައަކީ ޖަރުމަނުގެ ރައްޔިތެއްކަމަށްވާ ސޯފީ މުލެންސްގެ ލެޕްޓޮޕް ވަަގަށް ނެގި މައްސަލައެވެ. އެ މައްސަލައިގައި 27 ސެޕްޓެމްބަރު 2001 ގައި އޭނާ 4 އަހަރާއި 2 މަސް ދުވަހަށް އަރުވާލަން ހުކުމް ކުރެވުނެވެ.

ހަމައެހެންމެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އިބްރާހީމް ސޯލިހު ވެސް ވަނީ  6  މަސް ދުވަހުގެ މުއްދަތަށް އަރުވާލާފައެވެ. މި މައްސަލައިގެ ހުކުމް ތަންފީޒުކުރުމަށް ދަންނަވާފައިވާ ޗިޓުވަނީ ސޯޝަލްމީޑިއާގައި ވައިރަލްވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ ރަލުގެ ވައްކަމެކެވެ. މި ޗިޓުގައިވާ ގޮތުން ރައީސް ސޯލިހާއި އޭނާގެ 2 ބޮޑުބޭބެއިން ކަމަށްވާ އިބްރާހީމް ސޯލިހާއި އަލީ ސޯލިހާ 3 މީހުން ބައިވެރިވެގެން ރާއްޖޭގެ ފަޅުރަށެއްގައި ގަވާއިދާ ހިލާފަށް ރަނގަޅު ފެންވަރެއްގެ ކޮޓަރިތަކެއް ހަދާ، ފަތުރުވެރިން ބައިތިއްބާ، އެމީހުންނަށް ބަނގުރާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދީ ރިސޯޓެއްގެ ފެންވަރުގައި އެމީހުންނަށް ބޭނުންވާނެ ހުރިހާ ކަމެއްކޮށްދީ ހަދާފައިވާކަން ވަނީ ސާބިތުވެފައެވެ.

ސަރުކާރު މަގާމުތަކަކީ މަގާމަށް ކުރިމަތިލާ މީހާ ނުވަތަ މަގާމަށް ހޮވޭ މީހާގެ ކިބައިގައި ވަކި ޝަރުތުތަކެއް ކަނޑައެޅި ހުންނަންޖެހޭ މަގާމުތަކަކަށް ވާއިރު، ހާއްސަކޮށް މިފަދަ އިސް މަގާމުތަކަށް ކުރިމަތިލާ ނުވަތަ އައްޔަން ކުރައްވާ ބޭފުޅުންނަކީ ކުށުގެ ރެކޯޑުތައް ހުރި ބޭފުޅުންނަށް ވާނަމަ، ސަރުކާރަށާއި ސަރުކާރުގެ މަގާމުތަކާއި އެ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަށް އޮތް އިތުބާރު ގެއްލިދާފަަދަ ކަމެއް ކަމުގައި ރައްޔިތުން ދަނީ ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button