ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަޤާމުން ވަކިކުރުމަކީ ސަރުކާރުގެ ހަޔާތްކުޑަކަން ކަމަށް ރައްޔިތުންގެ މަޖްލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުން ޝިފާޒް ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއާއިއެކު 2 ފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ތެރޭގެ ހަމަނުޖެހުން ވަނީ އިތުރަށް ގޯސްވެފައެވެ.
މިކަމާއިގުޅޭ ޚަބަރެއް ޓްވިޓާގައި ހިއްސާކުރައްވަމުން ބޯދިގު ވިދާޅުވީ މިވެރިކަން ގެންނަައުމަށް ރައީސް އިބްރާހިމަށްވުރެ ބުރަ މަސައްކަތް ކުރީ ޝިފާޒް ކަމަށާއި، މިއީ ހަޔާތްކުޑަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ތާއީދު ކުރައްވަނީ ރައީސް ނަޝީދު ގެ ފިކުރެއްގެ ދިރުމަށްށެވެ.
Nooneyvaa hayaakuda kameh, mi verikan gen'nan ibraahimah vure buramakai kuree Shifaaz. https://t.co/l7x0rgRJEe
— Mohamed Rasheed (@boadhigu) March 29, 2023
ޝިފާޒް އަކީ ރައީސް އިބްރާހިމް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަޤާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރެއިން އެކަކެވެ. ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަންކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 22، ގައެވެ.
އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން އިތުރަށް ހޫނުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭއްވި އެޕާޓީގެ ޕްރައިމަރީއަށްފަހުގައެވެ. ޕްރައިމަރީގައި ޝިއްޕެ ތާއިދު ކުރީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ނަޝީދަށެވެ.
ޝިއްޕެގެ އިތުރުން ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ ހުރިހާ އެމްޑީޕީ މެމްބަރުން ތިއްބެވި މަޤާމްތަކުން ރައީސް އިބްރާހިމް ދަނީ އެންމެން ވަކިކުރަމުންނެވެ. ދާދިފަހުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމް ފުރުއްވަމުން އައި ހުސައިން އަމްރުވެސް ވަނީ މަޤާމުން ދުރުކޮށްފައެވެ.
އެމްޑީޕީ ސަރުކާރުގެ އެކި މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ކުއްލިގޮތަކަށް ވަކިކުރަމުންދަނީ އެޕާޓީގެ 2 ފެކްޝަންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވައި ހިންގަމުންދާ ”ފިކުރެއްގެ ދިރުން“ ހަރަކާތުގައި ބައިވެރިވެގެން އުޅޭ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.
ހަޔާތްކުޑަ ކަމަކީ ޑިމޮކްރަސީގެ އައްޕައޭ ކިޔާފަ ރިޔާސީ ޓިކެޓް ވޯޓުން ނުލިބުނީމަ ގަދަ ބާރުން ޓިކެޓް ހޯދަން އުޅުން . އަދި ޕާޓީގަ ހުރެ ޕާޓީއާ އިދިކޮޅު ހަރަކާތް ހިންގުން މިފަދަ ކަންތައް ކުރުމެކޭ އިދިކޮޅު ޕާޓީގެ މެމްބަރުންނެކޭ ކޮބާ ތަފާތަކީ. ތިޔަމީހާ ވަކި ކުރުމާ ދެކޮޅަށް ވާހަކަ ދައްކާމީހުންގެ ހަޔާތް ކުޑައީކީ ނޫން ހަޔާތުގެ ކަނފުޅެއްވެސް ނެތީ. މަހިތަށް އަރާ މިފަދަ ވާހަކަ ދައްކާމީހުންގެ ބުއްދި ހަމަބާއޭވެސް