ޚަބަރުސިޔާސީ

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖޭޕީގެ ލީޑަރު ޤާސިމް ނިންމަވައިފި

 

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރަސްމީކޮށް ފޯމު ހުށައަޅުއްވައިފިއެވެ.

މިކަން ހާމަކޮށް ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީގައި ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ 4ވަނަ ޤައުމީ ކޮންފަރެންސަށް ހުށައަޅާ އެންމެ ބޭފުޅަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ އިއްތިފާގުން ފާސްކުރެވިފައިވާ ކަމަށެވެ. އަދި މި ޤަރާރުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނެރުމަށް ބާރުއަޅާތީއާއި ރިޔާސީ ކެނޑިޑޭޓެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް މެންބަރުންނެއް އެ ޕާޓީގައި ތިބުމާއިއެކުވެސް މުއްދަތު ހަމަވާއިރު އެއިން ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާތީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޤާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ޓަކައި، އެކަމުގެ ބާރު ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ދީފައިވެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެގޮތެއް ކަނޑައެޅުމަށް ޓަކައި އެޕާޓީގެ ކައުންސިލުގައި ނެގި ވޯޓުގައި، ރައީސް އިބްރާހިމަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ތާއީދުކުރެއްވީ މިނިސްޓަރު ސަމީރު އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަކިން އިންތިޚާބުގައި ވާދަކުރަން ނިންމާފައި މިވަނީ، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދި ރައީސް އިބްރާހިމް ޖުމްހޫރީ ޕާޓީއަށް ގިނަ ދަޢުވަތުތަކެއް ދެއްވަމުން ދަނިކޮށެވެ.

One Comment

  1. ފައިސާގެ ދަހިވެތިކަމުގައި ގާތްކަމަށް ހެދިގެން އުޅޭ ބަޔަކު އަނެއްކާވެސް ގާސިމް މޮޔަ ހައްދަނީއެވެ. މި 100 ޕަރސަންޓް މުސްލިމް ގައުމުގެ ރައްޔިތުންނެއް ގައުމުގައި އެންމެ ގިނަ ބަނގުރާ ވިއްކާ، އެންމެ ގިނަ ސްޕާ ހިންގާ މީހާއަށް ހަމަހޭގައި ވެރިކަމަށް ވޯޓެއް ނުލާނެއެވެ. ކިތަންމެ ފައިސާއެއް ހުއްޓަސް ދިވެހިންގެ ދީނެއް ނުވިއްކާނެއެވެ.

Leave a Reply to Ali Rasheed Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button