ޚަބަރު
ފުލުހުންގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން

ފެބްރުއަރީ 19އިން މާރިޗް 20ށް ދ.ވާނީގައި ބާއްވާފައިވާ 45ވަނަ ޕަބްލިކް އޯޑަރ ޓްރޭނިންގައި 2 އަންހެން ފުލުހަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ވަނީ ފަޅާއަރާފައެވެ. ނަމަވެސް މި މައްސަލަ ނުބަލައި ވަނީ ދޫކޮށްލާފައެވެ.
މިފަދަ އަމަލުތަކަކީ ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބޭ ދިވެހި ފުލުހުންގެ ހުވަޔާ ނުބައްދަލު އަމަލުތަަކަށް ވާއިރު، މި އަމަލު ހިންގާފައިވާ ފުލުހުންގެ މަގާމާއި ޒިންމާއާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
މިފަދަ ފާހިޝް ނޭއްގާނީ އަމަލުތަކަށް ސަރުކާރުން ހިތްވަރު ދިނުމާއެކު ކުށަށް އަދަބު ނުދީ މައްސަލަ ނުބަލާ ދޫކޮށްލަމުން ދާއިރު ކުށެއް ނެތް އާންމު ރައްޔިތުން ދަނީ ފުލުހުން އަނިޔާވެރިކަމާއެކު ހައްޔަރުކުރަމުން ކަމުގައި ސިޔާސީ ފޯރަމްތަކުގައި ބަހުސްކުރެވެމުންދެއެވެ.