ދިވެހި ފުލުހުންނަށް ސަރުކާރުގެ ނުފޫޒު

ޕީޕީއެމްގެ ސުލްހަވެރި އިހުތިޖާޖު މިރޭ ފެށިތަނާ އަނިޔާވެރި ގޮތަކަށް ފުލުހުން ވަދެ ދިވެހި ރައްޔިތުން ހައްޔަރުކުރަމުން ގެންދާކަމުގެ މަޢުލޫމާތު ޓުވިޓާގައި ދައުރުވަމުންދާ ފޮޓޯ/ވީޑިއޯ އަދި ޓްވީޓްތަކުން ލިބެމުން އެބަދެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ކުރެވެމުންދާ ސުލްހަވެރި އިހުތިޖާޖަށް ފުލުހުން ދަނީ ކޮންމެ ރެއަކު ހުރަސް އަޅާ އާންމު ރައްޔިތުންނަށް އަނިޔާ ކުރަމުންނެވެ. މިއިން ފެނި ހާމަވެގެންދަނީ އަދުގެ ސަރުކާރުގެ ނުފޫޒު ދިވެހި ފުލުހުންގެ ތެރޭގައި އޮތް މިންވަރުތޯ އާންމު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޤާނޫނާއި ޤަވައިދާ ހިލާފަށް، އިހުތިޖާޖުގެ އަންހެން ބައިވެރިންގެ ގައިގައި ފިރިހެން ފުލުހުން އަތްލާ އަނިޔާކުރުމާއި، ފުލުުހުންގެ ތެރެއިންވާ އެއްޖިންސުން ގުޅުން ހިންގާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަންހެން ފުލުހުން އިހުތިޖާޖުގެ އަންހެން ބައިވެރިންނަށް ޖިންސީ ފުރައްސާރައާ ގޯނާ ކުރަމުންދާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
ހަމަ މިސްކިތުގަ އަޅުކަމުގަތިއްބަތަ ހައްޔަރުކުރީ