
މިރޭ 22.30 ހާއިރު އިދިކޮޅު ޕީޕީއެމްގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ފުލުހުން ހައްޔަރު ކޮށްފިއެވެ.
މެންދަމުން އަލިވެ 1:55ގައި މުޙައްމަދު އިސްމާއީލް ވަނީ ދޫކޮށްލާފައެވެ. އަދި މިރޭ ހައްޔަރު ކުރި 9 އަންހެނުންނާއި 11 ފިރިހެނުން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
ހައްޔަރު ކުރި މީހުން މައުލޫމާތު ދިން ގޮތުގައި އެމީހުން ހައްޔަރު ކުރަމުން ދިޔަ ވަގުތު ފުލުހުންގެ ޓޯކީތަކުން ދިޔައީ އަނިޔާކުރުމަށް ގޮވާލަމުން ކަމަށާއި ހައްޔަރު ކުރި އިރުވެސް ވަރަށް ބޮޑަށް ޓޯކީގެ ކޮމާންޑްތަކާ އެއްގޮތަށް ވަނީ އަނިޔާކޮށްފައި ކަމަށް މައުލޫމާތުދެއެވެ.