ސޯޝަލް މީޑިއާގައި މިހާރު އެންމެ މަޤުބޫލު އެޕްލިކޭޝަން ކަމުގައިވާ ޓިކްޓޮކް ޔޫކޭގެ ޕާލިމަންޓް މެންބަރުންނާއި މިނިސްޓަރުން ބޭނުން ކުރުން މަނާކޮށްފިއެވެ.
ޔޫކޭ ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން ރަސްމީ އެއްވެސް ބޭނުމެއްގައި، އަދި ރަސްމީ މުއާސަލާތީ ވަސީލަތެއްގައި ޓިކްޓޮކް ބޭނުމެއް ނުކުރެވޭނެއެވެ.
މި ނިންމެވުމުގެ ސަބަބެއްކަމުގައި ވަނީ ނެޓްވޯކާއި ސެކިޔުރިޓީގެ އެކި މައްސަލަތައް ދިމާވުން ކަމުގައި ބީބީސީ ޚަބަރުތަކުން ލިބިފައިވެއެވެ. ޔޫކޭގެ މި ނިންމެވުމާ އެކުއެކީ ސްކޮޓްލޭންޑް ސަރުކާރުން ވެސް ރަސްމީ ބޭނުންތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ވަނީ ނިންމަވާފައެވެ. ނަމަވެސް މިއިން އެއްވެސް ޤައުމެއްގައި އަމިއްލަ ނެޓްވޯކްތަކުގައި އަމިއްލަ ފޯނުން ޓިކްޓޮކް ބޭނުންކުރުން މަނާކުރެވިފައެއް ނުވެއެވެ.