ޚަބަރު
ޖަމާޢަތް ގަޑީގައި ވެހިކަލްތަކުގައި އިސްޓިކާ ނުޖެހުމަށް އިލްތިމާސްކުރަން: މޭޔަރ

ރޯދަމަހު ޖަމާޢަތަށް އަރާ ފަރާތްތަކުގެ ވެހިކަލްތަކުގައި އިސްޓިކާ ނުޖެހުމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.
މިގޮތުން މޭޔަރ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާޢަތް ގަޑީގައި، ޚާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކުކޮށްލާފައި ބޭއްވުމަކީ އިސްޓިކާ ޖަހާ ޖޫރިމަނާ ކުރަންޖެހޭނެ ކަމެއްނޫން ކަމަށެވެ. އަދި އެ ވަގުތުގައި އިސްޓިކާ ނުޖެހުމަށް އިލްތިމާސް ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.