ރިޕޯޓްސިޔާސީ

އެޑްވައިޒަރ ކަމަށް ޔަޝްފާގެ ޝަރުތު ހަމަނުވާ ކަމަށްބުނެ ހޫނު ބަހުސެއް

 

ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ގަބޫލުކުރާ އެއް ޕާޓީއެވެ. ސަރުކާރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރުމަށްފަހު ނިމިގެން ދިޔަ ޖޭޕީގެ ކޮންގްރެސް ވެގެންދިޔައީ ދިވެހި ތާރީޚު ބަދަލުކޮށްލި  ކޮންގްރެސެއް ގޮތުގައެވެ. ފޯރިގަދަ ކޮންގްރެސަށްފަހު ޕާޓީގެ ހަރަކާތްތައް އިތުރުވެ، ޕާޓީގެ އޮނިގަނޑަށް އައި ބަދަލުތަކާއެކު ލީޑަރަށް ލިއްބައިދިން ބާރުގެ ދަށުން މަޤާމުތައް އުފައްދާ މުވައްޒަފުން ވަނީ އައްޔަން ކުރައްވާފައެވެ.

ޖޭޕީން ފޯރިއާއެކު 2023ށް ތައްޔާރުވަމުން ދަނިކޮށް އިދާރީ މުވައްޒަފެއް ކަމަށްވާ ޔަޝްފާ އަބުދުލްޢަނީއަށް އެޑްވައިޒަރ ކަމުގެ މަގާމް މިދިޔަ ހޯމަ ދުވަހު ވަނީ ދެއްވާފައެވެ. މިކަމުގެ ސަބަބުން ޕާޓީ ތެރޭގައި ވަނީ ހޫނު ބަހުސެއް ފެށިފައެވެ. ޖޭޕީގައި ސިޔާސީ މަޤާމުތައް ފުރުއްވައި، ތަޖުރިބާއާއި ޤާބިލު ބޭފުޅުން ތިއްބަވަނިކޮށް އެޑްވައިޒަރކަމަށް ޔަޝްފާ ފަދަ ޖޫނިއާރ އަދި އިންތިޚާބީ މަޤާމެއް މިހާތަނަށް ފުރާފައިނުވާ މީހަކު މިފަދަ މަޤާމަކަށް އައްޔަން ކުރެއްވުމުން މަސްލަހަތުވަނީ ގެއްލިފައެވެ. އަދި ޕާޓީ ތެރޭގައި މިފަދަ މަގާމެއްގެ އުއްމީދުގައި ތިއްބެވި ބޭފުޅުން ވަނީ ހިތްހަމަނުޖެހި ރުޅިގަދަވެފައެވެ.

ޕާޓީގެ ވަޓްސްއަޕް ގުރޫޕުތަކުގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ވަނީ ބަހުސް ފެށިފައެވެ. އެއްބަޔަކު ޔަޝްފާގެ ދިފާޢުގައި ނުކުމެ، ދެން ތިއްބެވި އެޑްވައިޒަރުންނަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައެވެ. ”ދުލި“ ބަދަލުކުރާ އެޑްވައިޒަރުން ކަމަށް ބުނެ ފާޑުކިޔުމުގެ އިތުރުން ޖޭޕީގައި އޮތީ ޕީޕީއެމްގެ ލީޑަރޝިޕެއް ކަމަށްވެސް ތުހުމަތުކުރެއެވެ.

ކަންމިހެން އޮތްއިރު އުފެދޭ ސުވާލަކީ ޔަޝްފާއަކީ އެޑްވައިޒަރކަމަށް ޝަރުތުހަމަވާ މީހެއްތޯއެވެ. ތެދެކެވެ. އިންތިޚާބީ މަގާމެއް ނުފުރުއްވާތާ، ސިޔާސީ އެފަދަ މަޤާމެއްވެސް އަދާ ކުރައްވާފައެއް ނުވެއެވެ. އަދި މިހާތަނަށް ވާދަކުރި އިންތިޚާބުތަކުން ވަނީ ބަލިވެފައެވެ. ސިޔާސީ ދާއިރާގައި ވެސް އަދި ތަޖުރިބާއެއް ނެތެވެ. ވީއިރު ޤާސިމް އިބްރާހިމް ފަދަ ބޭފުޅަކަށް އެކަމަނާއަށް ދެވޭނީ ކޮން އިރުޝާދެއްތޯ ޕާޓީގެ މެންބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button