ސިޔާދަތު ގެއްލިގެންދާތަން ބަލަން ދިވެހިން ނުތިބޭނެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ ހާރިޖީ ސިޔާސަތަކީ ދިވެހިންނަށް ވެސް އަދި ބޭރުގެ ފަރާތްތަކަށް ވެސް ކަމުދާ ފަދަ ސިޔާސަތު ތަކެއް ނޫންކަމުގައެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ އިންޑިއާ ހައި ކޮޮމިޝަން ގޮއްވާލާނެ ކަމަށް ގޮތް ނޭނގޭ ފަރާތަކުން ބުނުމާއި ގުޅިގެން ހައި ކޮމިޝަނާއި، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކުރަން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ދިވެހިންނަކީ އަމާންކަމަށް ލޯބި ކުރާ ބައެއް ކަމަށާއި، އަވައްޓެރި ގައުމުތަކުގެ މީހުންނަށް އިހްތިރާމުވެސް ކުރާ ބައެއްް ކަމުގައެވެ. ނަމަވެސް ދިވެހީންނަކީ މިނިވަންކަމާއި ސިޔާދަތު ގުރުބާން ކުރާނޭ ބައެއްނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވިގޮތުގައި ދެ ފަރާތުންވެސް ވާހަކަ ދައްކައިގެން ހައްލެއް ގެނައުމަކީ މުހިންމު ކަމެކެވެ.
This clearly indicates that the current foreign policy is not favourable to the local & international community. Maldivians love peace & respect neighbours but can't tolerate when sovereignty is compromised. Formal talk is crucial and vital at this stage! https://t.co/R9DPDBYTdU
— Adam Shareef Umar (@Adamshareefz) July 3, 2021
އާދަމް ޝަރީފް، ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެފައި މިވަނީ އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ގިނަ އަދަދެއްގެ އާންމުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ”އިންޑިއާ އައުޓް“ ގެ ނަމުގައި އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.