ވިޔަފާރި

ނުރައްކާތެރި ކެމިކަލް ނުހިމެނޭ ”ޑެލޯފިލް“ ކޮސްމެޓިކްސް މިހާރު ރާއްޖެއިން ލިބޭ!

އިޓަލީގެ  އުފެއްދުމެއް ކަމުގައިވާ ”ޑެލޯފިލް“ ކޮސްމެޓިކްސް އަކީ ބާރުގަދަ ކެމިކަލްތައް އެކުލެވިގެންނުވާ ގުދުރަތީ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކޮސްމެޓިކްސް ބްރޭންޑެކެވެ. ”ފްރީ ފްރޮމް“ ސިޔާސަތަށް ތާއީދުކުރާ މިބްރޭންޑުގެ ކޮސްމެޓިކްސްގައި އާޓިފިޝަލް ފްރެގްރަންސް، ސިލިކޮން، ޕެރަފިން އަދި ޕެރަބޭން ފަދަ ގެއްލުންހުރި މާއްދާތައް އެކުލެވިގެން ނުވެއެވެ. އޭގެ ބަދަލުގައި މިބްރޭންޑުގެ ކޮސްމެޓިކްސްގައި ބޭނުންކޮށްފައިވަނީ ފެންވަރު ރަނގަޅު އޯގަނިކް ބާވަތްތަކެވެ.

ޑެލޯފިލް ސިލްކީ ސްމޫތު ޝޭމްޕޫ އަދި ކޮންޑިޝަނަރ  

ޝޭމްޕޫގެ ގިނަ ބާވަތްތަކުގައި އެކުލެވޭ ސަލްފޭޓް އަކީ އިންސާނާގެ ހަންގަނޑަށާއި ސިއްހަތައް ގެއްލުންހުރި މާއްދާއެކެވެ. ނަމަވެސް ޑެލޯފިލްގެ ސިލްކީ ސްމޫތް ޝޭމްޕޫ އަދި ކޮންޑިޝަނަރ އުފައްދާފައިވަނީ ސަލްފޭޓް ނުހިމަނާ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ މުހިއްމު މާއްދާތަކާއި އެކުގައެވެ. މިއުފެއްދުމުން އިސްތަށިގަނޑުގައި ތެތްކަން ހިފަހައްޓައިދީ އިސްތަށިގަނޑު ހިކިފައި ނުވަތަ ހޭވިފަ އޮންނަ އޮތުން ރަނގަޅުކޮށްދެއެވެ.

މީގައި އެކުލެވޭ ސާފު އޯގަނިކް ގްރީންޓީ އެކްސްޓްރެކްޓުގެ ތެލުގެ ސަބަބުން ބޮލުގެ ހަންގަނޑު ތެޔޮވުމުން ސަލާމަތްކޮށްދީ ސާފުކޮށްދެއެވެ. އެލޮވޭރާގެ އެހީގައި ބޮލުގެ ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދީ އިސްތަށިގަނޑު މަޑުކޮށް އޮމާންކޮށް އޮތުމަށް އެހީވެދެއެވެ. މީގައި އެކުލެވޭ ގުދުރަތީ ޓީޓްރީ އޮއިލް، އާގަން އޮއިލް އަދި ޕެޕަރމިންޓް އޮއިލްގެ ސަބަބުން އާޓިފިޝަލް ކެމިކަލާ ނުލާވެސް އިސްތަށިގަނޑުން މީރުވަސް ދުވައެވެ.

ހަލާކުވެ ހިކިފައިވާ އިސްތަށިގަނޑަށް ދިރުންގެނެސްދޭ ޑެލޯފިލް ސިލްކީ ސްމޫތް ކޮންޑިޝަނަރ އަކީ އޭގައި ގިނަ އަދަދަކަށް އޯގަނިކް މޮރޮކަން އާގަން އޮއިލް އެކުލެވޭ ބާވަތެކެވެ. އެހެންކަމުން މި ކޮންޑިޝަނަރ އިން ދިރުމެއްނެތި ހިކިފައިވާ އިސްތަށިގަނޑަށް އޮފުކަމާއި ތެތްކަން ގެނެސްދީ އިސްތަށިގަނޑު އޮމާން ކޮށްދެއެވެ. އޭޝިއާ މީހުންގެ ބައެއް އިސްތަށިގަނޑަކީ ކިސުޅިވެ ގެންގުޅެން އުނދަގޫ ހަރު އިސްތަށިގަނޑެކެވެ. ނަމަވެސް ޑެލޯފިލް ޝޭމްޕޫ ބޭނުންކުރުމަށް ފަހު ޑެލޯފިން ސިލްކީ ސްމޫތު ކޮންޑިޝަނަރ ބޭނުންކޮށްލުމުން އިސްތަށިގަނޑު މަޑުކޮށް ގުދުރަތީ އޮފްކަމެއް ގެނެސްދެއެވެ.

ޑެލޯފިލް ޕިއޯ ރިޕެއަރ ސަލްފޭޓް ފްރީ ޝޭމްޕޫ 

މިއީ ބެލެންސްޑް ނަރިޝްމަންޓް ފޯރުކޮށްދީގެން އިސްތަށިގަނޑު މަޑުކޮށް ސާފުކޮށް އަދި އޮމާންކޮށްދޭ އުފެއްދުމެކެވެ.

މި ޝޭމްޕޫގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އާއި މިނަރަލްސް އެކުލެވިގެންވާއިރު، އިސްތަށިތަކުގެ ބުޑުން ފެށިގެން ކޮޅާއި ހަމައަށް ފުރިހަމައަށް ކާނާ ލިބެއެވެ. މިއީ އިސްތަށިގަނޑާއި ބޮލުތެރެ ވަރަށް ބޮޑަށް މޮއިސްޗަރައިޒް ކޮށްދޭ އޯގަނިކް އެސެންޝިއަލް  އޮއިލްސް، އެކްސްޓްރެކްޓްސް، އަދި ވިޓަމިން އެކުލެވިގެންވާ އުފެއްދުމެކެވެ. ކުލަޖައްސާ، ސްޓައިލްކޮށް ހަދާ އިސްތަށިގަނޑު ރައްކާތެރިކޮށްދީ،އިސްތަށީގައި ހަރުލާ ކެމިކަލްތައް ސާފުކޮށްދީ، އިސްތަށިގަނޑުގެ ވާންކަމާއި އޮފުކަން އިތުރުކޮށްދޭ އެއްޗެކެވެ. މިއީ އިސްތަށިގަނޑު މަޑުކޮށްދީ އޮމާންކޮށްދޭ ބާވަތެކެވެ. މީގެ އިތުރުން، ކުލަ ޖައްސާފައިވާ އިސްތަށިގަނޑުގެ ކުލަ ހިފަހައްޓައިދީ ކުލަ އިތުރަށް ރީތިކޮށްދޭ ޝޭމްޕޫއެކެވެ.

މި ކޮންޑިޝަނަރ އަކީ އޯގަނިކް އާގަން އޮއިލް އަދި ވިޓަމިން އީ އިން މުއްސަނދި، ކޮންމެ ދުވަހަކު ބޭނުން ކުރުމަށް ފަރުމާކޮށްފައިވާ ކޮންޑިޝަނަރއެކެވެ. މިއިން އިސްތަށިގަނޑުގެ ޓެކްސްޗާ ވަރުގަދަކޮށްދީ ގުދުރަތީ ނިއުޓްރިއެންޓްސް އާއި އެންޓިއޮކްސިޑެންޓްސް ފޯރުކޮށްދެއެވެ. އިސްތަށިގަނޑުގެ ހިކިކަން ނައްތާލާ ތެތްކަން ފޯރުކޮށްދޭ އެއްޗެކެވެ.

ޑެލޯފިލް އެންޓި ޑެންޑްރަފް އާގަން ޕްރޮޓީން ޝޭމްޕޫ އެންޑް ކޮންޑިޝަނަރ 

ކޮލަޖަން އިން މުއްސަނދި މި ފޯމިއުލާ އަކީ ހަންފޮޅުމާއި ސޮރައިސިސް ފަދަ ބޮލުގެ ހަންގަނޑުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް ހައްލެކެވެ. މީގެ ޕީއެޗް އަދި އެހެނިހެން މިނަރަލް ތަކުގެ އެހީގައި، ދެކަފިވެފައިވާ އިސްތަށިތަކަށް ފަރުވާ ލިބި، ހިކިފައިވާ އިސްތަށިގަނޑުގެ އޮފުކަމާއި މަޑުކަން އިތުރުކޮށްދެއެވެ. އިސްތަށިތައް ގޮށްޖެހުމާއި ހަރުވުން ރަނގަޅުކޮށް ބަލަހައްޓަން ފަސޭހަވެއެވެ.

ޑެލޯފިލް މެޖިކް ކޮމްޕްލެކްސް ޑަބަލް ޓްރީޓްމަންޓް ހެއަރ މާސްކް 

އާންމު ގޮތެއްގައި ހޫނުކަން ބޭނުންކޮށްގެން އިސްތަށިގަނޑު ސްޓައިލްކޮށް އިސްތަށިގަނޑުގައި ކުލަޖެއްސުމުން އިސްތަށިގަނޑު ހިކި އިސްތަށިތަކުގެ ކޮޅު ދެކަފިވެ ހަލާކުވެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށި ފޭބުމާއި ބޮލުން ހަންފޮޅުމުގެ އިތުރުން އިސްތަށިތައް ބުރިބުރިވާން ފަށައެވެ. މިކަމުގެ ހައްލަކީ ޑެލޯފިލް މެޖިކް ކޮމްޕްލެކްސް ޑަބަލް ޓްރީޓްމަންޓް ހެއާ މާސްކެވެ. މިމާސްކަކީ އާގަން އޮއިލް، ޕްރޮޓީން އަދި ކޮލާޖަން އެކުލެވޭ ކޮންޑިޝަނަރ އެކެވެ. އެހެންކަމުން ހަލާކުވެ ދިރުމެއްނެތް އިސްތަށިގަނޑަށް ދިރުން ގެނުވައިދީ، އިސްތަށިގަނޑުގައި މިމާސްކް ރަނގަޅަށް ބޭނުންކުރަންޖެހޭ ގޮތަށް ބޭނުންކުރެވިއްޖެ ނަމަ އަވަސް ނަތީޖާއެއް ގެނުވައިދެއެވެ. މިއީ އާއިލާގެ ހުރިހާ އުމުރެއްގެ މެމްބަރުންނަށްވެސް ބޭނުންކޮށްލެވޭ، ސެލޫންތަކުގައި ވެސް ބޭނުންކުރެވިދާނެ އުދެއްދުމެކެވެ.

ޑެލޯފިލް ކޮލާޖަން ހެއާ މާސްކް 

ކޮލާޖަންގެ ސަބަބުން، އިސްތަށިގަނޑު ވަރުގަދަކޮށް އުފެދުމުގައި އެހީތެރިވެދޭ ޕްރޮޓީން އިސްތަށިގަނޑަށް ލިއްބައިދެއެވެ. އިސްތަށިގަނޑު އަވަހަށް ދިގުކުރުމަށާއި އިސްތަށިގަނޑުގެ ބޯމިން އިތުރުކޮށްދީ ދުޅަހެޔޮ އިސްތަށިގަނޑަކަށް މިމާސްކް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން މިމާސްކު ބޭނުންކުރުމުން އެމީނޯ އެސިޑްސް އިސްތަށިތަކަށް ލިބި،އިސްތަށި ފޭބުން ކޮންޓްރޯލްވެ އިސްތަށީގެ ކުލަ ފަނޑުވުމުން ރައްކާތެރި ކޮށްދެއެވެ.

ޑެލޯފިލް އާގަން އޮއިލް 

ޑެލޯފިލް އާގަން ތެލަކީވެސް ކެމިކަލްތަކުން އެއްކިބާވެފައިވާ ފައިދާހުރި ކޮމްޕައުންޑްތަކެއް އެކުލެވިގެންވާ އެއްޗަކަށް ވާއިރު، އެންޓިއޮކްސިޑެންޓްތަކާއި ފެޓީ އެސިޑްތަކުން މުއްސަނދި ތެލެކެވެ. މި ތެލަކީ އެންމެ ކޮލިޓީ އާގަން ނަޓްސް އިން ނަގާފައިވާ ތެލެއް ކަމުން،އެދެވޭ ނަތީޖާއެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބެއެވެ. މިތެޔޮ އިސްތަށިގަނޑުގައި އަދި ގައިގެ ހަންގަނޑުގައިވެސް ބޭނުންކުރެވެއެވެ.

އެގޮތުން އިސްތަށިގަނޑަށް ބަލާއިރު މިއީ އިސްތަށިގަނޑުގައި ތެތްކަން ހިފަހައްޓައިދީ އިސްތަށިތައް މަޑުކޮށްދޭ އެއްޗެއް ކަމުން، އޯގަނިކް އާގަން އޮއިލް އެސެންސްއާ އެކު އިސްތަށިގަނޑުގެ ދިރުން އަނބުރާ ގެނެސްދެއެވެ. މި ތެލަކީ އިސްތަށިތަކުގެ ބުޑުން ބޮލުގެ ހަންގަނޑަށް ކާނާ ފޯރުކޮށްދީ، އިސްތަށިގަނޑު ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ އެއްޗަކަށް ވާއިރު، އިސްތަށިގަނޑަށް އޮފުކަން ގެނެސްދީ، އިސްތަށިގަނޑު ބޯވުމަށާއި އޮމާންވުމަށް އެހީތެރިވެއެވެ.

ޑެލޯފިލް އާގަން އޮއިލްގައި ހިމެނޭ ވިޓަމިން އީ، ފެޓީ އެސިޑް އަދި އެހެނިހެން ނިއުޓްރިއެންޓްސްގެ ސަބަބުން އިންސާނާގެ ހަންގަނޑަށް ކާނާ ލިބިދީ ހަންގަނޑު މަޑުކޮށްދެއެވެ.

މި ތެލަކީ ހުރިހާ ބާވަތެއްގެ ހަމަކާއި އިސްތަށިގަނޑުގެ ކުލައަކަށް ވެސް ރައްކާތެރި ތެލެކެވެ. މިއީ ކުލަޖައްސާފައިވާ އަދި ތަފާތު ހެއާ ސްޓައިލްތައް ހަދައި ފަރުވާދީފައިވާ އިސްތަށިގަނޑު މަޑުކޮށް، ދިރުންގެނެސްދީ، އަދި އިސްތަށިގަނޑު ބަލަހައްޓަން ފަސޭހަކޮށްދޭ އުފެއްދުމެކެވެ.

މިއުފެއްދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކޮށް ތަޖުރިބާ ކޮށްފައިވާ މީހުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ބްރޭންޑެއް ކަމަށެވެ. ފުރަތަމަ ބޭނުންކޮށްލާއިރުވެސް ތަފާތު ފެންނަ ކަމަށާއި އިސްތަށިގަނޑު މަޑުވެ އޮމާންކަމާއި ރީތިކަން ގެނުވައިދޭ ކަމަށެވެ. މީގެއިތުރުން އިސްތަށިގަނޑުން މީރު ވަސް ދުވާ ކަމުގައި ވެސް މި ބްރޭންޑުގެ ބާވަތްތައް ތަޖުރިބާ ކޮށްފައިވާ މީހުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ފިނެސް އިން ރާއްޖެ ގެނެސް ޑިސްޓްރިބިއުޓް ކުރާ ޑެލޯފިލް ބްރޭންޑް މިހާރު މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި އަދި ޅ. ނައިފަރުގެ ފިހާރަތަކާއި ބައެއް ފާމަސީތަކުން ލިބެން ހުރިއިރު 9997500 އަށް ގުޅުއްވައި އޯޑަރު ދެއްވުމުން ޑެލިވަރ ވެސް ކޮށްދެއެވެ.

މިއުފެއްދުންތައް އިތުރަށް ހާއްސަކޮށްލުމަށް ފިނެސް އިން ތައްޔާރުކޮށްފައިވާ ގިފްޓު ޕެކްތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޕެކްތަކެކެވެ. އޭގެ ތެރޭގައި ޑެލޯފިލް ޕިއޯ ރިޕެއަރ ސަލްފޭޓްފްރީ ހެއާކެއާ ގިފްޓް ބޮކްސް، ޑެލޯފިލް އެންޓި ޑޭންޑްރަފް ގިފްޓް ބޮކްސްގެ އިތުރުން ސިލްކީ ސްމޫތު ހެއާ ކެއާ ގިފްޓް ޕެކް ހިމެނެއެވެ. އެހެންކަމުން ހަދިޔާގެ ގޮތުގައި އެކުވެރިންނާއި އާއިލާގެ މީހުންނަށް ފަސޭހަކަމާ އެކު ހަދިޔާކޮށްލުމުގެ މަގު ވަނީ ފަހިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button