ޚަބަރު

ޔޯގާ ހަމަނުޖެހުން ރޭވިކަމުގެ ތުހުމަތު ކުރެވޭ އިސް މީހާއަކީ އެމްއެންޕީގެ މެންބަރެއް

ޖޫން 21 ގައި ސަރުކާރާއި އިންޑިއާއިން ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ރޭވި ކަމުގެ ތުހުމަތު ކުރެވޭ އިސް ފަރާތަކީ އެމްއެންޕީގެ މެންބަރެއްކަން ހާމަވެއްޖެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ.އުފުރިޔާ މުހައްމަދު ފައިސަލް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 15:30 އެހާކަން ހާއިރެވެ. ފައިސަލްގެ ނަން މިވަގުތު އޮތީ އެމްއެންޕީގެ ދަފްތަރުގައެވެ. ޕާޓީތަކަށް މިހުން ވަގަށް ވައްދަމުންދާކަން ހާމަވެފައިވާ ދުވަސްވަރެއްގައި، އޭނާއަށް ނޭނގި އެމްއެންޕީގެ ދަފްތަރުގައި އޮތުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެން ނަމަވެސް ފައިސާ ދީގެން އެމްއެންޕީއަށް ގިނަ އަދަދެއްގެ ބަޔަކު ވައްދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ފައިސަލް ހައްޔަރު ކުރުމުން މި މައްސަލާގައި ބަންދުގައި ތިބޭނި 14 މީހުންނެވެ. މީގެ ކުރިން 8 މީހަކު ވަނީ ދޫކޮށްލާފައެވެ. ހައްޔަރުގައި ތިބި މީހުންގެ ތެރޭގައި ޝެއިޚް އާދަމް ނިޝާން އާއި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓްގެ ޗެއަރ މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ. މި މައްސަލާގައި ހައްޔަރު ކުރި ޝެއިޚް ފަޟްލޫން ބިން މުހައްމަދު އާއި އަދިވެސް 60 ދުވަހަށް ބަންދު ކުރި ބައެއް މީހުންގެ މުއްދަތު ހަމަނުވަނީސް ވަނީ ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button