ޚަބަރު

މިސްކިތުން ނުފައިބާ ހިސާބަށް ދިއުމަކީ ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ނިޝާނެއް: ޝަހިންދާ

މިސްކިތުން ނުފައިބާ ހިސާބަށް ދިއުމަކީ ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ނިޝާނެއް ކަމުގައި ލާދީނީ ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ ބޮޑެއް ކަމަށްވާ ޝަހިންދާ އިސްމާއިލް ބުނެފިއެވެ.

ސްކޫލު ގަޑީގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ޔޫތު މިނިސްޓްރީގެ ހަފްތާރެސް ޕްރޮގްރާމުގައި ކިޔައިދީފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގައި ޝަހިންދާ ކުރި ޓުވީޓެއްގައި ބުނީ ނަމާދު ކުރުމަކީ ހަރުކަށި ފިކުރު ކަމަށް އެއްވެސް މީހަކު ނުބުނާ ކަމުގައެވެ.

ނަމާދު ކުރުމަކީ ހަރުކަށި ފިކުރެއް ކަމުގައި ނުދެކޭ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާއިރު، ޝަހިންދާ ބުނީ ކުއްޖާގެ އުޅުމަށް ކުއްލިއަކަށް ބަދަލު އައިސް އެހެން ހުރިހާ ކަމެއް ދޫކޮށްފައި މިސްކިތުން ނުފައިބާ ހިސާބާށް ދިއުމަކީ ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ނިޝާނެއް ކަމުގައި ބެލެވިދާނެ ކަމެއް ކަމުގައެވެ. އަދި އެވާހަ ދެކެވެނީ އެގޮތަށްކަން އޭނާ ފާހަގަ ކުރިއެވެ.

ޔޫތު މިނިސްޓްރީ އިން ރ.އިނގުރައިދޫގައި ކުރިޔަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމުގެ ފަސް ވަނަ ދުވަހު ބޭއްވި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު، މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ ސެޝަނެއްގައި ވަނީ ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ކިޔައިދީފައެވެ.

މިއީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި، ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ހިންގި ޕްރޮގުރާމެކެވެ.

މި ސެޝަނުގައި ސްކޫލު ގަޑީގައި ނަމާދު ކުރުމާއި، ތުނބުޅި މަތިމަސް ބެހެއްޓުމާއި، އިސްތަށިގަނޑު ދިގުކުރުމާއި، އެސެމްބްލީގައި ލަވަ ކިޔުމަށް ދެކޮޅު ހެދުން ފަދަ ކަންކަމަކީ ހަރުކަށި ފިކުރަށް ދަރިވަރަކު ދާން އުޅޭ ކަމުގެ އަލާމާތްތަކެއް ކަމަށް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ދެކޮޅު ހެދުމާއި، ބައެއް މާއްދާތައް ކިޔަވަން ދެކޮޅު ހެދުންވެސް ހިމެނެއެވެ.

އެކަމަކު ޔޫތު މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ‏ހަފްތާ ރެސް ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއްނޫން ކަމުގައެވެ. އަދި އެފަދަ އެއްވެސް ޕްރޮގްރާމެއް އެ މިނިސްޓްރީއިން ހިންގާފައި ނުވާނެ ކަމާއި އަދި ނުވެސް ހިންގާނެކަމުގައި ބުންޏެވެ.

އެހެން ނަމަވެސް އެ ސެޝަންގެ ފޮޓޯތައް އާންމުކުރި ޔޫތު މިނިސްޓްރީގެ ޓުވީޓު ވަނީ ޑިލިޓް ކޮށްފައެވެ.

 

 

 

One Comment

  1. ތިބައިގަނޑަށް ދެންއޮތީ 2 އަހަރެވެ . ލާދީނީ އަންނީގެ ވިސްނުން
    މިގައި ފަތުރާ ތިބައިގަޑު ވިސްނުބަދަލު ކޮއްލަން އަހަރުމެންނަށް ވެސް ފުރުސަތެއް އިރާދު ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button