ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.

އޭސީސީއިން މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މޫސާ އަލީ ޖަލީލަށް ދެއްވި ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށާއި އެއީ އެފަދަ ފައިސާއެއްކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި އަލީ ޖަލީލު އެ ފައސާ ނެންގެވިކަމަށެވެ.

އެފައިސާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އެކައުންޓަށް ޖަމާކުރެވުމުން، އަމިއްލަ ބޭނުންފުޅުތަކަށް އެ ފައިސާ ބޭނުންކުރައްވާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ހޯދިފައިވާކަމަށާއި، އަދި އެ ކޮމިޝަނުން މޫސާ އަލީ ޖަލީލުގެ މައްޗަށް އުފުލައިދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރުކުރުމުގެ ކުށްކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި ދައުލަތަށް ލިބެންޖެހޭ 1 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް އެމްއެމްޕީއާރސީއަށް އަންގާފައިވާކަމަށްވެސް އޭސީސީއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button