ޚަބަރު

ކޮންމެ ރޯދަމަހެއްގައި ބާއްވާ، މާލެ ސިޓީ ކައުންސިލުގެ ގުރުއާން އަދި މަދަހަ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޝާންމަހާ ގުޅުވައިގެން މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތް ބާއްވާ ގޮތަށް ހަމަޖައްސައި، އެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަން، މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިކަން އެކައުންސިލުން އާންމުކޮށްފައިވަނީ، އެ ކައުންސިލްގެ 80 ވަނަ ރަސްމީ ޖަލްސާގައެވެ. އަދި މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ފެށޭ ހަފްތާގައި ހުޅުވާލާއިރު، މުބާރާތްތަކުގެ ގަވާއިދުތައްވެސް އާންމުކުރާނެކަމަށްވެއެވެ. އަދި އެ މައުލޫމާތުތައް މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުންވެސް ފެންނަން ހުންނާނެކަމަށް، އެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަތ އަހްމަދު ނަރީޝް ވިދާޅުވީ މިފަހަރު މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުރިއާލާ ހުޅުވައިލުމަށް ނިންމީ، ކުރީ އަހަރުގެ ރޯދަމަހުގައި މި މުބާރާތަށް ލިބުނު ތަރުހީބެއްގެ ބޮޑުކަމުން، ވީހާވެސް ގިނަ ދަރިވަރުންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

ފާއިތުވި ރަމަޟާން މަހުގައި މާލެ ސިޓީ ކައުންސިލްއިން ބޭއްވި ގުރުއާން މުބާރާތުގައި 293 ކުދިން ބައިވެރިވެފައިވާއިރު 134 ވަނީ މަދަހަ މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތްތަކުގައި އެތައް ދަރިވަރުންނެއްވަނީ ކޮންމެ އުމުރުފުރާއަން އެކި ވަނަތައް ހޮވައި އަގުހުރި އިނާމްތަކެއް ހާސިލްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑޮރ. މުހައްމަދު މުއިއްޒު ވަނީ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ނިމިދިޔަ މުބާރާތަށް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބުނު ތަރުހީބާއި އެއްބާރުލުން ފާހަގަކުރައްވައި، އެ މުބާރާތުގެ ތަޖުރިބާއަށާއި ބެލެނިވެރިންނާއި ދަރިވަރުންގެ ހިޔާލަށް ރިއާޔަތްކޮށް، މި އަހަރުގެ މުބާރާތް އެއަށްވުރެ ފުރިހަމަކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button