ޚަބަރުސިޔާސީ

ރައީސް ޔާމީނުގެ މައްސަލައިގެ އިސްތިއުނާފު އިސްލާހުކުރުމަށް ހައިކޯޓުން އަންގައިފި

ވ. އާރަށް ކުއްޔައް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑައިންގ ކުށް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ނިމިދިޔަ އަހަރު ޑިސެންބަރު 25 ގައި އިއްވި ހުކުމުގެ އިސްތިއުނާފު އިސްލާހުކުރުމަށް ހައިކޯޓުން އަންގައިފިއެވެ.

މިދިޔަ މަހު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އިސްލާހުކުރަން ހައިކޯޓުން އަންގައިފިކަމަށް ރައީސް ޔާމީނުގެ ވަކީލުންނާއި ހަވާލާދީ ”ދިޔަރެސް“ ނޫހުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި އިސްތިއުނާފު އިސްލާހުކުރުމަށްފަހު އަލުން ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން މިހާރު ކުރައްވާކަމަށްވެސް ވެއެވެ. ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުވަދެ، އިސްތިއުނާފުގެ މައްސަލަ ކުރިއަށްގޮސްފިނަމަ، މި މަސް ނިމުމުގެ ކުރިން ރައީސް ޔާމީނު މިނިވަންވެވަޑައިގަންނަވާނެކަމަސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button