ޚަބަރު

ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅާ ބައްދަލުނުކުރަނީ ސަރުކާރުން މަޖުބޫރު ކޮށްގެން: އިދިކޮޅުން

ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅާ ބައްދަލުނުކުރަނީ ސަރުކާރުން މަޖުބޫރުކޮށްގެން ކަމަށް އިދިކޮޅުން ބުނެފިއެވެ.

ފާއިތުވި ޑިސެންބަރު މަހު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެން ދާތީ އެކަމުގެ ކަންބޮޑުވުން ފައުޅުކޮށް އިދިކޮޅުން ހައިކޯޓަށް ވަޑައިގެން، ރަޖިސްޓްރާއާ ބައްދަލުކުރަން އެދުމުން، އެބޭފުޅާ ބައްދަލުކުރަން އިންކާރުކުރައްވާ ކަމަށާއި، އެކަން އެހެން ދިމާވަނީ އިދިކޮޅާ ބައްދަލުނުކުރުމަށް ސަރުކާރުން ނުވަތަ ޖޭއެސްސީން ރަޖިސްޓްރާ އަށް އަންގައިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ މައްސަލަ އިސްތިއުނާފުކުރުމަށް ފެބުރުވަރީ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާއިރު، އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވަނީ އިސްތިއުނާފީ މަރުހަލާ ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ނަމަވެސް، ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެ ކޯޓުން އަމަލުކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވެފައިވެއެވެ. އަދި ހައިކޯޓުގެ ރަޖިސްޓްރާ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރުންނާއި ވާދަކުރައްވަން ޖެހޭ ގާނޫނެއް ނެތްކަމަށާއި މިއީ ދުރާލައި ރާވައިގެން ހިންގާ، ނުފޫޒުވެރި އަމަލެއްކަމަށް ސިފަކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button