ރިޒާގެ ކޮއްކޮއަށް ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ދީފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ތަމްސީލް ކުރައްވަނިކޮށް އަވަހާރަވެވަޑައިގެންނެވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހަސަން ރިޒާއަށް ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ދީފިއެވެ.
ފެބުރުވަރީ 23 ވަނަ ދުވަހު ހަސަން ރިޒާ ނިޔާވެފައިވާއިރު، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވެއެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިބްރާހމް ރިޒާ ނިޔާވުމާ ގުޅިގެން، އެދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ފުރުސަތު ހުޅުވާލުމުން، މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ހުސައިން ރިޒާ އެކަނިކަމަށްވާތީ އެ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންނެވީ އެބޭފުޅާއަށް ކަމަށް މައުލޫމާތު ލިބެއެވެ.
ހުސައިން ރިޒާގެ ކެމްޕެއިން ފަށާނެ ދުވަހެއް އިއުލާނުކޮށްފައިނުވާއިރު، ގުރައިދޫ ދާއިރާގެ މެމްބަރުކަމަށް ވެރިކަންކުރާ ޕާޓީއިންނާއި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ޕާޓީ (އެމްއެންޕީން) ވެސް އެ ދާއިރާގައި ވާދަކުރުމަށް ނިންމާފައިވެއެވެ. އެގޮތުން އެމްއެންޕީގެ ޓިކެޓް އަލީ އަރީފަށް ދީފައިވެއެވެ. އަދި އެމްޑީޕީއިން އެ ދާއިރާއަށް ހަތަރު މީހަކު ކުރިމަތިލާފައިވާތީ އިންތިހާބުގެ ޓިކެޓު ލިބޭ ފަރާތެއް ހޮވުމަށް މި ހޮނިހިރު ދުވަހު ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.