ޚަބަރު

ޕާކް ކުރާ ތަން ނެތުމުން ވެލާނާގެ އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފުން އިހްތިޖާޖަށް

ޕާކް ކުރާތަން ނެތުމުން ވެލާނާގެ އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފުން އިހްތިޖާޖަށް ނުކުމެއްޖެއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކުގެ މަސައްކަތް ހިންގަމުން އަންނަ ވެލާނާގޭގެ ސަރަހައްދުގައި ޕާކުކުރާނެ ޖާގަ ނެތްކަމަށް ބުނެ، އެ އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެކަމާ ހިތްހަމަނުޖެހުން ފައުޅުކޮށް ބުނެފައިވަނީ ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ހިސާބުގައި ޕާކްކުރާނެ ޖާގައެއް ނެތްކަމަށާއި، ނަމަވެސް އޮފީސްތަކުގެ އިސްވެރިންނަށް ވެލާނޭގެ ތިރިން ޕާކްކުރަން ތަން ލިބޭކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް، އެ ސަރަހައްދުގައި ޕާކްކުރުމުގެ ދަތިކަން ބޮޑަށް ކުރިމަތިވެފައިވަނީ ވެލާނާގެ އިމާރާތާއި ދަރުމަވަންތަ ސްކޫލް ކައިރީގައި ކުރީއްސުރެ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކްކުރުން ކުއްލިގޮތަކަށް މަނާކުރުމާ ގުޅިގެންނެވެ. އެތަނުގައި މިހާރު ހުންނަނީ ސަތަރި ޖަހައި ޕާކްނުކުރެވޭގޮތަށް ހަދާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވެލާނާގެ އިމާރާތުގެ ތިރިން ކުރިމަތީގައި ޕާކު ނުކުރެވޭ ގޮތް ހަދާފައިވާއިރު، އިންޑިއާގެ އެމްބަސީ ކައިރީގައި އޮންނަ ޕާކިން ޒޯންވެސް ނަގާފައި އޮތުމުން އެތަނުގައި ޕާކްކުރާނެ ޖާގަވެސް ނުލިބެއެވެ. ނަމަވެސް ވެލާނާގެ ކުރިމަތީގައި ރަސްމީ ގަޑިތަކުގައި ޕާކުކޮށްފައި ހުންނަތަން ބައެއް ފަހަރު ފެނުނު ނަމަވެސް، މިފަހުން އެތަނުގައި ޕާކްކޮށްފައިހުރި ސައިކަލް ތަކެއްގައި ފުލުހުން ސްޓިކާ ޖަހާފައިހުރުމާއި ގުޅިގެން މިހާރު އެތަނުގައި މީހުން ޕާކްކުރުންވަނީ ހުއްޓާލާފައެވެ. އަދި ވެލާނާގެ އިމާރާތަކީ އެތައް ބަޔަކު މަސައްކަތްކުރާ ތަނަކަށްވާއިރު، އެ އިމާރާތުގައި ވަށައިގެން ހުންނަ ސަރަހައްދުތަކުގެ ތެރެއިން ޕާކްކުރެވޭ ގޮތަށް ހުންނަ ތަންތަނުގައި ޕާކްކުރާނެ ޖާގަ ނުހުންނަކަމީ އަބަދުވެސް މުވައްޒަފުންގެ ޝަކުވާ އެކަމަށް އަމާޒުވާކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button