
މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ގާއިމްކޮށްފިއެވެ.
ވިލިމާލޭގައި ގާއިމް ކުރި އިސްލާމިކް ބޭންކްގެ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ . މުޙައްމަދު މުޢިއްޒު އަދި އިސްލާމިކް ބޭންކްގެ ޗެއާމަން މަޖިދް ރަޙްމާން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ގުޅިގެން އިސްލާމިކްބޭންކްގެ އޭޓީއެމެއް ވިލިމާލޭގައި ހުޅުވިގެންދިއުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މަާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނަށް މިފަދަ އެކިކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަ މުޢިއްޒު ވަނީ ދެއްވާފައެވެ.
މާލެސިޓީގެ މޭޔަރ @MMuizzu އަދި @mibmv ޗެއާމަން މަޖިދް ރަޙްމާން މާލެސިޓީ ކައުންސިލް އާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި ގާއިމް ކުރި އިސްލާމިކް ބޭންކްގެ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވައިފި. pic.twitter.com/rMwOWK7UI0
— Male' City Council (@MaleCitymv) March 5, 2023
ވިލިމާލޭގައި ގާއިމްކުރި މޯލްޑިވްސް އިސްލާމިކް ބޭންކް ގެ އޭޓީއެމްގެ ބިންގާ އަޅުއްވައިދެއްވީ 2022 ވަނައަހަރުގެ ފެބްރުއަރީ 21 ގައި މާލޭ ސިޓީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި އިސްލާމިކް ބޭންކްގެ ފަރާތުން އަރީފުއްރަޙްމާނެވެ.
މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.