ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސް

މިފަހަކަށް އައިސް ރާއްޖޭގައި މާރާމާރީތައް އިތުރުވެފައިވާއިރު އެންމެ ފަހުން ހިނގާފައިވަނީ މާފަނުގެ ފިހާރައަކަށް ވަޅިން ހަމަލާދިނުމެވެ.
ހަމަލާގެ ޝިކާރައަކަށްވި މީހާގެ ހާލު ސީރިއަސްވެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ނަން ހާމަނުކުރަން ބޭނުންވާ ފަރާތްތަކުން ބުނެއެވެ.
ވަޅިން ހަމަލާދިން މީހާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ހާދިސާގެ ސަބަބުން މުޖުތަމައު ވަނީ ހައިރާންވެ ފުލުހުންގެ ބަހަކަށް އިންތިޒާރުގަ އެވެ.
މީގެ އެއް ދުވަސް ކުރިން، ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލޭގައި ހުންނަ ޖޫސް ޖޮއިންޓެއް ދުވާލު ގަޑީގައި ހަތިޔާރާއެކު ތަޅާލައިފި އެވެ.މި ހާދިސާގެ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާއަށް ލީކުވެފައިވާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން އުފެދި، އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ
މިފަދަ ހާދިސާތަކުގެ ސަބަބުން ރާއްޖޭގައި ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އަދި އެކަން ކުރި މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުން ވަނީ ގޮވާލާފައެވެ.
މި ހާދިސާތަކުން ރާއްޖޭގެ އާންމު ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމުގެ މުހިންމުކަން ހާމަވެގެން ދެއެވެ. މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މުޖުތަމައުން ބަލަނީ ފުލުހުންނަށް އަވަސް ފިޔަވަޅުތަކެއް އަޅައި، މި ހަމަނުޖެހުންތަކުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.