ޚަބަރުސިޔާސީ

މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، ޖޭޕީން ވަކިވެ އެމްޑީޕީއަށް ސޮއިކުރައްވައިފި

ލ. އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހަމީދު، ޖޭޕީން ވަކިވެވަޑައިގެން، ވެރިކަންކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އަލީ ހަމީދު، އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމާއި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގެ ފޮޓޯ އެމްޑީޕީގެ ޓްވިޓަރުގައި އާންމުކޮށްފައިވާއިރު، އަލީ ހަމީދުގެ ނިންމުމަށް އެ ޕާޓީން ހޫނު މަރުހަބާއެއް ކިޔާކަމަށް ލިޔެފައިވެއެވެ.

ޖޭޕީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް ނިންމުމާއެކު އެ ޕާޓީގެ ސްލޮޓުތަކުގައި ތިބި ސަރުކާރުގެ އިސްވެރިންތައް ޖޭޕީން ވަކިވެ ސަރުކާރާއި ގުޅުން އާންމުވެފައިވާއިރު އަލީ ހަމީދު އެމްޑީޕީއަށް ގުޅިވަޑައިގަތުމާއެކު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުވެ އެ އަދަދު ވަނީ 67 އަށް ބަދަލުވެފައެވެ. 2019ވަނަ އަހަރު މި ވެރިކަން އައިއިރު މަޖިލީހުގައި އެމްޑީޕީގެ ބޭފުޅުންނަށް ތިއްބެވީ 65 މެންބަރުންނެވެ. އެމްޑީޕީއަށްފަހު މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button