ޚަބަރުސިޔާސީ

އެމްޑީޕީއާއި ޑިމޮކްރެޓުން ނިންމީ މާދަމާގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޯއިކަޓް ކުރަން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް މާދަމާ އިއްވެވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާ ބޯއިކަޓްކުރަން އެމްޑީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

މައިގަނޑު ސަބަބެއް ގޮތުގައި ދެޕާޓީންވެސް ފާހަގަކުރަނީ ދާދިފަހުން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދޭން ނިންމާފައިވަނިކޮށް، ރައީސް ޑރ.މުހައްމަދު މުއިއްޒު އަލުން އެ ތިން ބޭފުޅުން ވަޒީރުކަމަށް މަގާމަށް އަައްޔަންކުރުމެވެ.

އެގޮތުން އެ 3 ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކެއެވެ.

”ސަރުކާރުގެ ޣައިރުގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަމެވެ.“ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

އެ ސަބަބުތަކަށްޓަކައި މާދާމާ، ރައީސް ޑރ. މުއިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ ހިމެނޭހެން ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ވާހަކަ އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button