
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.
އޭގެ ފަހުން މި އަނިޔާވެރި އަމަލުގެ ޒިންމާ އުފުލަން ޖެހޭނީ ކާކުތޯ ބުނެ އިންސާފަށް ގޮވާލައި އަޑުއުފުލަން ފެށި އެވެ.
މިފަހަކަށް އައިސް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ހަމަލާއަށް ފަންޑުކުރީ ކާކުތޯ ޖަވާބުދާރީވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފަ އެވެ. މި ކެމްޕޭނުގެ ބާރު ގަދަވަމުން އަންނައިރު ގިނަ ބަޔަކު ދަނީ އެކަމަށް ތާއީދު ކުރަމުންނެވެ.
Kaaku hey Raees Nasheed maraalan fund kuree @ibusolih @MariyaDidi I will never stop asking this question to you both for as long as I’m breathing 😡😡😡😡
— umay mohamed 🎈🇲🇻🇵🇸 (@umaymohamed) February 20, 2023
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދަކީ ރާއްޖޭގައި ކޮރަޕްޝަނާއި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ބޮމުގެ ހަމަލާއަކީ އެމަނިކުފާނު އެމްއެމްޕީއާރުސީގެ ފައިސާ ނެގި އެމްޑީޕީ މަޖިލިސް މެމްބަރުންގެ ވާހަކަ ދައްކަވަފާނެތީ ހިމޭން ކުރަން ދިން ހަމަލާއެއް ކަމަށް ގިނަ ބަޔަކު ޝައްކު ކުރެ އެވެ. ވެރިރަށް މާލޭގައި ހުންނަ ރައީސް ނަޝީދުގެ ގެ ކައިރީގައި ދިން މި ހަމަލާގައި ބޮޑީގާޑުންނާއި ކައިރީގައި ތިބި މީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްކޮށްލި އެވެ.
ބޮމުގެ ހަމަލާގެ ތަހުގީގާއި ޖަވާބު ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ސޯޝަލް މީޑިއާ ކެމްޕެއިންގެ ސަބަބުން ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އޮތް ޕްރެޝަރު ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.