
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރްޓީއައި) މެދުވެރިކޮށް ހޯދާފައިވާ ރިޕޯޓެއްގައިވާ ގޮތުން 2022 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަތަރަށް ކުރެއްވި ދަތުރުފުޅަށް ހަރަދު ކުރުމަށް ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ހާމަވެއްޖެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޖުމްލަ 997،743.28 ރުފިޔާ ހަރަދުކޮށްފައިވާ އިރު އޭގެ ތެރޭގައި ޕޮކެޓް މަނީއަށް 150،822 ރުފިޔާ، އިންސިޑެންޓް ކަވަރޭޖަށް 76،950 ރުފިޔާ، އެކޮމޮޑޭޝަނާއި ކެއުމަށް 414،555.70 ރުފިޔާ އަދި ޓިކެޓަށް 355،415.58 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
ރައީސްގެ ދަތުރުފުޅަކީ ގަތަރު ސަރުކާރުން ހަރަދުކޮށްގެން ކުރެއްވި ދަތުރުފުޅެއް ކަމަށް ގަބޫލުކުރާ ގިނަ ޓެކްސް ދައްކާ ފަރާތްތަކަށް ވަނީ ޝޮކެއް ލިބިފަ އެވެ. މި ދަތުރަށް ޚަރަދުކުރުމަށް ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ބޭނުންކުރިކަން ހާމަވުމުން ސަރުކާރުގެ ޚަރަދުތަކުގެ ދެފުށް ފެންނަ ގޮތާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެ ދަތުރަކީ މުޅިން ޚަރަދު ކުޑަ ދަތުރެއް ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އާރްޓީއައި ރިޕޯޓުން އެނގޭ ގޮތުގައި އެއީ އެހެންވާކެމެއް ނޫން ކަމަށާއި ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ހަރަދުތައް ފޫބެއްދުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަށް ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ބޭނުންކުރިކަން ހާމަވުމާ ގުޅިގެން ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި ސަރުކާރުގެ ވެރިން ޖަވާބުދާރީކުރުމާ މެދު ވަނީ ބަހުސެއް އުފެދިފައެވެ. މުސްތަގުބަލުގައި ދައުލަތުގެ ފައިސާނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ޓަކައި ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.