ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތަށް ބޮޑު ތަރުޙީބެއް!

ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަންފެށި ޤުރުއާން އަދި މަދަޙަ މުބާރާތަށް މިއަހަރު ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ހަތަރު ވަނަ ދައުރުގެ ކައުންސިލުން 1443 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އަލަށްފެށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 428 ބައިވެރިންނެވެ. އެއީ ޤުރުއާން މުބާރާތުގައި 293 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 135 ބައިވެރިންނެވެ. ބޮޑެތި އިނާމް ތަކަކާއިއެކު ކައުންސިލުން ފުރަތަމަ ބޭއްވި މުބާރާތާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ނިމިދިޔަ އަހަރެކޭ އެއްފަދައިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.

މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އަދި މި ދެ މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 މުބާރާތްވެސް ރަމަޟާންމަހު ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވޭނެއެވެ.

މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ :

ކޮންމެ ގްރޫޕަކުން 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން 1 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މާލެ ސިޓީ ކައުންސިލުން މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުދިންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކޮށް ކުދިންގެ މިފަދަ ހުނަރުތައް ކުރިއެރުވުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button