ޚަބަރު

ޕާކިސްތާނު ސަފީރު މާލެ ސިޓީގެ މޭޔަރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ، ވައިސް އެޑްމިރަލް މުޙައްމަފު ފައްޔާޒް ގިލާނީ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު މާލެ ސިޓީކައުންސިލްގެ ބިއުރޯގައެވެ. މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި، މޭަޔަރު މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އަދި ދެ ގައުމުން ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރެވުނެވެ.

މާލެ ސިޓީގެ މޭޔަރާއި ޕާކިސްތާނު ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button