ޚަބަރުސިޔާސީ

މުޒާހަރާ ކަވަރުކުރާ ނޫސްވެރިޔަކަށް ފުލުހުންގެ އޮފިސަރަކު ހަމަލާދީފި

ދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މުޒާހަރާ މިރޭ ހިނގަމުން ދިޔަވަގުތު ބްރޯޑްކޮމުން ހުއްދަ ދީފައިވާ ފާސް އަޅައިގެން މަތިން މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް 13 ގެ ނޫސްވެރިއަކަށް ރާއްޖޭގެ ފުލުހަކު އިންޒާރުދީ މާރާމާރީ ހިންގާފައިވާމަންޒަރު ސޯޝަލް މީޑީއާގައި އާންމުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތައް މިހާދިސާއިން ހާމަވެގެން ދެއެވެ. ފަހަކަށް އައިސް ނޫސްވެރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އޭގެ ތެރޭގައި ފުލުހުންގެ ފަރާތުން މާރާމާރީ ހިންގުމާއި ބިރު ދެއްކުން ހިމެނެ އެވެ.

ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންނަކީ ގާނޫނުގެ ވެރިކަން ދަމަހައްޓައި، ނޫސްވެރިކަމުގެ މިނިވަންކަމަށް އިހުތިރާމް ކުރާ ބަޔަކަށް ހެދުމަށް ދިވެހި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ރާއްޖޭގެ ޑިމޮކްރަސީ އާއި ދުނިޔޭގެ މައިދާނުގައި ދިވެހިރާއްޖޭގެ އަގު ވެއްޓިފައިވާތީ، ނޫސްވެރިންނަށް އަނިޔާކުރުމާއި ބިރުދެއްކުމުގެ އަމަލުތައް ހިންގާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button