ޚަބަރުސިޔާސީ

ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް ފަތުރަނީ ދޮގު ވާހަކައެއް: ރައީސް ސޯލިހު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސް އަށް ވިއްކާލާފައިވާ ކަމަށް ބުނެ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއާ ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ހިލާފު ބައެއް ބައެއް ވާހަކަތަކަށް އަލިއަޅުވާލައްވައި އެކަންކަން އޮތްގޮތް ސާފުކޮށްދެއްވާފައެވެ. މި މައްސަލައިގެ ބައެއް ތާރީހުތައް ސާފުކޮށްދެއްވަމުން ރައީސް ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ ހައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް، އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތުކަން ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ނަމަ އަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު އެއީ ކޮންބައެއްކަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު، ޗާގޯސްގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެ ކަން ގަބޫލުފުޅު ކުރައްވައި އެގައުމުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވެވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ސިޔާދަތީ ބާރު ކަނޑައެޅުމުގައި މޮރިޝަސް ސަރުކާރާއެކު އެއްބަސް ވެވުނަސް ކަނޑުގެ އިން ކަނޑައެޅުމުގައި ސަރުކާރުން ދޭ ނުދޭނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު މޮރިޝަސްގެ ރައީސަށް ފޮނުއްވެވި ސިޓީގެ ތަފްސީލް ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެއާއެކު ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން މި މައްސަލައިގައި ދައްކަވާ ވާހަކަތައް ގިނަ އާންމުން ގަބޫލެއް ނުކުރެއެވެ. އޭގޭ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ.

3 Comments

  1. ރާއްޖޭގެ މަސްލަހަތު އެއްމެ ރަގަޅު ގޮތައް ކަންތައް ކުރައްވާ ކަމައް ވިދާޅު ވާއިރު ކީއްވެތޯ މިސަރުކާރުން އެކިކަންކަމުގައި ބޭރުބަޔަކާއިއެކު ސިއްރު އެއްބަސް ވުނތަކެއް ހަދާ އަދި އިދިކޮޅުގައި ތިބަ ފަރާއްތަކުން އެއެއްބަސްވުންތައް ރައްޔިތުންނައް ހާމަކޮއްދޭށޭ ބުނީމާ އެއެއްބަސްވުންތައް ނުދެއްކޭނެ ކަމައްބުނެ ރާއްޖެއައް އެއެއްބަސްވުން ހާމަކުރުމުން ގައުމައް ނުރައްކާވާނެކަމައް ބުނަންޖެހެނީ އަމަލާބަހާދިމާނުވޭ އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ތެރޭގައި ނެއް މިގައުމައް ރަގަޅު އެއްކަމެއްވެސް ކޮށްފަ މުޅިން އޮޅުވާލަނީ އިސްތިއުފާދީފަ ދިޔުން ކަންނޭގޭ ގައުމައްރަގަޅުވާނީ ގައުމު އިންޑިޔާގެ އަޅަކައްނުހަދާ

  2. vakibayege faidhaa ah migaumu ge kandaa falhaa giriaa rah tha vikumakee vara amilla edhun bodukamuge laamaseele mee dhivehine gawumu meevakimeehegge gawumenoon mithana goi ninnmaanee dhivehin NAAGOASHI EBBASVUN rayyithun ge majileeha fonuvaaaammukurey

  3. ހުރިހާނުބައެތް ހަދާފަ އެހެންމީހުންގެބޮލަށްނުޖަހާ ހަދާނެއެއްޗެއްހަދާފަވެސް ކިޔަނީގައުމުދިފާއުކުރަނީއޭ އެއްމެއިންޗިއެއްވެސް ދޫނުކުރާނެ ހެޔޮނުވާނެ ދެންވެސް އިސްތިއުފާދީބަލަ ހައްލު ކުރެވޭތޯ ބަލަން
    ލ ެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button