ޚަބަރު

ބިއްލޫރިޖެހިގޭ އިމާރާތުގައި މީދާ ގިނަވެގެން، ބްރޯޑްކޮމް އޮފީސް މިއަދު ބަންދުކޮށްފި

ބިއްލޫރިޖެހިގޭގެ އިމާރާތުގައި މީދާ ގިނަވެ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ އޮފީހުގެ މަސައްކަތްތަކަށް ބުރޫއެރުމާގުޅިގެން، މި މައްސަލަ ހައްލުކުރުމަށްޓަކައި ޕެސްޓް ކޮންޓްރޯލުގެ މަސައްކަތެއްކުރުމުގެ ބޭނުމުގައި މިއަދު އެ އޮފީހުގެ މަސައްކަތްތައް ނުކުރަން ނިންމައި، މިއަދަކީ އެ އޮފީހަށް ބަންދުދުވަހެއްކަމަށް ކަނޑައަޅާފައިވާކަމަށް، އެ އޮފީހުން މައުލޫމާތުދީފިއެވެ.

އެ އޮފީހުގެ ހިދުމަތަކަށް އެދި ގުޅަން ބޭނުންނަމަ އެ އޮފީހުގެ ހޮޓްލައިން 7983353 އަށް ގުޅުމަށް އެކޮމިޝަނުން އެދެއެވެ.

އެ އިމާރާތުގައި މީދާ ގިނަވެ، މުވައްޒަފުންނަށް އޭގެ އުދަނގޫ ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް މިއަދު އެ އޮފީސް ބަންދުކުރަންޖެހުނީ އެނޫން ގޮތެއް ނެތުމުންކަމަށް ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާއާ ހަވާލާދީ ”ދައުރު“ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

”ފެށުނީއްސުރެ އޮންނަ މައްސަލައެއް މިއީ. މި އިމާރާތަކީ ސަލާމަތީ ގޮތުން ވެސް އެހާ ރައްކަތެރި ތަނެއްނޫން. އަލިފާން ނިއްވާ ނިޒާމެއްވެސް ނެތް. މިވީ ދުވަސްތަކުގައި އިތުރު ގޮތެއް ހޯދަން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެވުނު. ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ…. ދެން ކޮމިޝަނުގެ އެހެން މެންބަރުންނާ މަޝްވަރާކުރުމަށް ފަހު ނިންމީ މިއަދު އޮފީސް ބަންދުކޮށް އެ މަސައްކަތްކުރަން“ މަރްޔަމް ވަހީދާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button