އެތުމާއަށް ދައްކަންޖެހޭ ރުފިޔާ ނުދައްކައިގެން، ކުޅުދުއްފުށި ސިޓީގެ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލް ދޫކުރުން ހުއްޓާލައިފި

އެތުމާއަށް ފުލުހުން ދައްކަންޖެހޭ ރުފިޔާތަކެއް ނުދައްކައިގެން، ކުޅުދުއްދުށީ ސިޓީގެ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލް ދޫކުރުން، އެ ކުންފުނިން ހުއްޓާލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އެތުމާއަށް ފުލުހުން ދައްކަންޖެހޭ ރުފިޔާގެ އަދަދު 5 ލައްކައަށްވުރެ ގިނައެވެ. އަދި އެތުމާއިން ފުލުހުންނަށް ޕެޓްރޯލް ދޫކުރުން ހުއްޓާލީ އެ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއްކުރި ފަހުންވެސް އެކަމަށް ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭތީކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމުގެ ސަބަބުން ރަށުތެރެ ޕެޓްރޯލްކުރާ އަދަދު ބޮޑުތަނުން މަދުވެ، އެކަމުގެ ދަތިތައް ފުލުހުންނަށްދަނީ ކުރިމަތިވަމުންނެވެ. ކޮންމެ ދުވަހަކުވެސް އާންމުންގެ އުޅަނދުތައް ޖޫރިމަނާކޮށްގެން ފުލުހުން އެތައް ފައިސާއެއް ހޯދާއިރު، އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ރުފިޔާ ދެއްކުމުގައި ފުލުހުންގެ އެއްބާރުލުން ނުދޭކަން ފާހަގަވެއެވެ.