ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު އަތުލައިގަނެއްޖެ

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ، މޯލްޑިވްސް ކަސްޓަމްސްއަށް ދިވެހި ފުލުހުންގެ ހިދުމަތުން ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން، އިއްޔެ ހެނދުނު ފަރަންސޭސި ވިލާތުން ރާއްޖެއައި ލެޓްވިއާ ނަމަކަށް ކިޔާ 50 އަހަރުގެ ފިރިހެން ފަސިންޖަރަކު ހުއްޓުވައި ބަލައިފާސްކުރުމާ ގުޅިގެންނެވެ. ބަލައިފާސްކުރިއިރު އެމީހާގެ އެތެރެހަށީގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ޝައްކުކުރެވުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ކެޕްސިއުލް އޭނާގެ ހަށިގަނޑުން ފެނިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ލެޓްވިއާ އެތެރެކުރި މަސްތުވާތަކެތީގެ އަދަދާއި ބަރުދަން ބަލައި، އެ މައްސަލަ ތަހްގީގުކުރުމަށްޓަކައި އޭނާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button